ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި މިހާރު އޮތް މަޖިލީހުގެ ދައުރު ކުޑަކުރުމާ ގުޅޭ ހިޔާލު ހޯދުމުގެ އިންތިހާބު އޮންނަ ހޮނިހިރު ދުވަހު މާލޭގެ މަގުތަކުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެ ދުވަހުގެ ހެނދުނު 6 އިން ފެށިގެން ރޭގަނޑު 11އާ ހަމައަށް މާލެ ސަރަހައްދުގެ މަގުތަކުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ބުނީ މިގޮތަށް ނިންމީ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުތަކާ ގުޅިގެން މަގުމަތީގެ އަމާންކަން ދެމަހައްޓާ ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމަށް ކަމަށެވެ.
ތަފްސީލް - ވޯޓު ލާ ދުވަހު މާލެ ސަރަހައްދުގައި ދުއްވުން މަނާކުރަނީ ބަރު އުޅަނދުތަކުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ކެޓަގަރީތަކުގެ އުޅަނދުތައް މާލެ ސަރަހައްދުގައި ދުއްވުން މަނާވާނެ ކަމަށާއި ނަމަވެސް ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް މި ނިންމުމުން އިސްތިސްނާވާނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
މި ނިންމުމާ ހިލާފުވާ ނަމަ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ވޯޓުލާ ދުވަހު މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ