94،823 ފަތުރުވެރިންނާއި އެކު، މާރިޗް މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ލިސްޓުގެ އެއްމެ ކުރިން ޗައިނާގެ ފަތުރުވެރިން ޖާގަ ހޯދައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީ އިން އާއްމުކޮށްފައިވާ ތަފާސްހިސާބު ތަކަށް ބަލާއިރު، މާރިޗް މަހު މުޅި ޖުމްލަ 161،259 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ލިސްޓުގެ ދެވަނަ، 79،326 ފަތުރުވެރިނާއެކު ހޯދާފައިވަނީ ރަޝިއާއިންނެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، ކުރިން ރާއްޖެއަށް ދަތުރުކުރަމުން ދިޔަ ބައެއް ފްލައިޓްތަކުގެ ދަތުރުތައް މެދުކަނޑާލާފައިވީ ނަމަވެސް، މިއަހަރުގެ މާރިޗް މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ކުރީއަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %1 އިތުރުވެފައެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 643،218 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 628,618 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 2,440 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 2,611 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 1,562 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މާރިޗް މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ލިސްޓުގެ ކުރީގައި ޗައިނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ