އދ.ފެންފުށި ކައިރީގައި އޮންނަ ވޭލްޝާކް ޕޮއިންޓަށް އެރި އުޅުނު ޖަރުމަނު ވިލާތުގެ ޓުއަރިސްޓަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:00 ހާއިރު، ފެންފުށި ކައިރީގައި އޮންނަ ވޭލްޝާކް ޕޮއިންޓަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގަ ބުރަފަތިން ޖެހި މަރުވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަންޕާ) އަކީ ފެހުރިހި ބަލަން ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރުކުރާ ސަރަހައްދެކެވެ. އެސަރަހައްދުގައި މިފަދަ ހާދިސާތައް ހިނގާތީވެ، އެންވަރަމަންޓް މިނިސްޓްރީ އިންވަނީ، ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން ސަންޕާ އަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑު އެޅުވުން ލާޒިމްކޮށްފަ އެވެ.
ދޯންޏެއްގެ ބުރަފަތީގައި ޖެހި، ޓުއަރިސްޓަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ