ދޯންޏެއްގެ ބުރަފަތީގައި ޖެހި، ޖަރުމަނު ޓޫރިސްޓަކު މަރުވެއްޖެ

ދޯންޏެއްގެ ބަރަފަތީގައި ޖެހި، ޓޫރިސްޓަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފެންފުށިީގެ ވޭލް ޝާކް ޕޮއިންޓަށް އެރި އުޅެނިކޮށް ޖަރުމަނުގެ ފިރިހެނެއް މަރުވެގެން ހެނދުނު 10 ޖަހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ އއ. އަދި އދ. އަތޮޅުގައި ކަނޑުމަތީގެ މި ފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. ހާއްސަކޮށް، ފެހުރިހި ބަލަން ގިނަ އަދަދެއްގެ ޓޫރިސްޓުން ދަތުރުކުރާ ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ގައި ގިނަ އެވެ. ސަމްޕާ އަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރު ކަނުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. އެ ސަރަހައްދު ހިމާޔަތްކުރީ 2009 ގަ އެވެ.އެފަދަ ހާދިސާތައް ހިނގާތީ އުޅަނދުތަކުގެ ބުރަފަތީގައި ސަލާމަތީ ގާޑެއް އަޅަން މަޖުބޫރުކޮށް މެނޭޖުމަންޓު ޕްލޭނެއް ހެދީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ