ލޯބިވެރިޔާ މަރާލުމަށްފަހު ހަށިގަނޑު ކޮށާލައި އެއްބައި ފްރިޖަށް ލައިފި

އިންޑިއާގައި އަންހެނަކު މަރާލުމަށްފަހު ހެކި ނައްތާލުމަށްޓަކައި އަންހެން މީހާގެ ހަށިގަނޑު ކޮށާލުމަށްފަހު ފްރިޖަށްލީ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި އިންޑިއާގެ ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާ ނޭވީގެ ނޭވަލް އެއާ ސްޓޭޝަންގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ މަރާލާފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު 28 އަހަރުގެ އަންހެނެކެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި އެ އަންހެން މީހާ މަރާލީ ފިރިހެން މީހާ ދިރިއުޅޭ ގޭގައި ހިނގި ޒުވާބަކަށްފަހު ނޭވާ ހާސްކޮށްލުމަށްފަހު އެވެ. އަދި އޭރު ފިރިހެން މީހާގެ އަންހެނުން ގޭގައި ނޫޅެ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެ ފިރިހެން މީހާ އާއި މަރާލި ލޯބިވެރިޔާއާ ދެމެދު މީގެ ކުރީންވެސް ޒުވާބުތަކެއް ކުރި އެވެ. އެގޮތުން އެ ފިރިހެން މީހާގެ އަތުން ލޯބިވެރިޔާ 3.5 ލައްކަ އިންޑިއަން ރުޕީސް ނެގުމަށްފަހު އެ ދެ މީހުންގެ ގުޅުން ފިރިހެން މީހާގެ އަންހެނުންނަށް ފަޅާއަރުވާލާނެ ކަމަށް ބުނެ ބިރު ދައްކާފައިވެ އެވެ.
ފުލުހުން އިތުރަށް ލޯބިވެރިޔާގެ ހަށިގަނޑު ކޮށާލުމަށްފަހު ހަށިގަނޑުގެ އެއްބައި ގޭގެ އައިސްއަލަމާރީގައި ފޮރުވި އިރު، ހަށިގަނޑުގެ ބައެއް އެހެން ބައިތައް އެކި ސަރަހައްދުތަކަށް އުކާލި އެވެ. އަދި ލޯބިވެރިޔާގެ ބޮލާއި ދެއަތް އަންދާލާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ