ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ އެކަޑަމީން ދުބާއީގައި ބާއްވާ އެކަޑަމީ މުބާރާތެއް ކަމަށްވާ ގަލްފް ކަޕްގައި ވާދަކުރަން ފުރައިފި އެވެ.
ގަލްފް ކަޕް ދުބާއީގައި، އަަހަރުގެ ދެކޮޅުގައި ބާއްވާއިރު، އަހަރުގެ ފަހުކޮޅުގައި ބާއްވާ މުބާރާތަކީ ގަލްފް ވިންޓާ ކަޕް އެވެ. ޔުނައިޓެޑް ވިކްޓަރީ އެކަަޑަމީ އަކީ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ އެކަޑަމީ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
ޖުމްލަ އެކު، ހަތަރު އުމުރު ކެޓަގަރީ އަކަށް ގަލްފް ވިންޓާ ކަޕް އިންތިޒާމްކޮށްފައިވާއިރު، ޔުނައިޓެޑް ވިކްޓަރީގެ ޓީމުތައް ވާދަކުރާނީ، 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ
ދުބާއީ ސްޕޯޓްސް ސިޓީގެ އައިއެސްޑީ ސްޓޭޑިއަމްގައި، ގަލްފް ވިންޓާ ކަޕް ކުރިއަށްދާނީ ކުރިއަށް އޮތް ދެ ދުވަހުގަ އެވެ.
ޔުނައިޓެޑް ވިކްޓަރީގެ އެކަޑަމީ ކޯޗު، އަރުޝަދު މުހައްމަދު އިސްމާއިލް (އަރޫ)، "އަދަދު ސްޕޯޓްސް" އަށް ބުނެފައިވަނީ، އެ ކްލަބްގެ އެކަޑަމީގެ މަސައްކަތް މިދިޔަ އަހަރު ފަށައިގެން ދުބާއީގެ މި ގަލްފް ކަޕަކީ، ރާއްޖޭން ބޭރުގައި އެ ކްލަބުން ކުޅޭ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް ކަމަށެވެ.
އަދި، މި މުބާރާތުގައި، 13 އަހަރާއި 15 އަހަރުން ދަށުގެ ޓީމުތައް ޔުނައިޓެޑް ވިކްޓަރީން ބައިވެރިކުރީ، މިއީ، އިންޓަނޭޝަނަލް މެޗުތައް ކުޅުމުގެ ފުރުސަތު ތަނަވަސްކޮށްދީ، ކުޅުންތެރިންނަށް ތަޖުރިބާ ހޯދުން މުހިންމު އުމުރުފުރާއެއެއްގެ ގޮތުގައި ފެންނާތީ ކަމަށް އަރޫ ވަނީ ބުނެފަ އެވެ.
ގަލްފް ވިންޓަ ކަޕްގައި، ސްޕެއިނުގެ ރެއާލް މެޑްރިޑާއި އެފިލިއޭޓްވެފައިވާ އެކަޑަމީ އަކާއި އިޓަލީގެ ލެޖެންޑް، އަންދްރެއާ ޕިރްލޯއާ ގުޅިގެން ހިންގާ އެކަޑަމީއެއް ވެސް މުބާރާތުގައި ކުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަރޫ ބުނެފައިވެ އެވެ.
ޔުނައިޓެޑް ވިކްޓަރީގެ އެކަޑަމީގެ ދެ ޓީމެއް ދުބާއީ މުބާރާތަަަކަށް ޔުނައިޓެޑް ވިކްޓަރީގެ އެކަޑަމީގެ ދެ ޓީމެއް ދުބާއީ މުބާރާތަަަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ