އެލިއާއިން މި މަހު 27ގައި ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ބާއްވަނީ

އެލިއާ އިން މި މަހުގެ 27 ވަނަ ދުވަހު ލޭ ހަދިޔާ ކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ:
ތެލަސީމިއާ ސެންޓަރު، އޮރެންޖް ހިޔާގައި 
މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 9 އިން ހަވީރު 6އަށް
ތަފްސީލް - ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ތެލެސީމިއާ، ސިކްލްސެލް އެނީމިއާ ފަދަ ލޭގެ ބަލިތައް ހުންނަ މީހުންނާއި ވިހެއުމުގެ ހާލަތްތަކާއި ގުދުރަތީ ކާރިސާތަކުގައި ލޭގެ ބޭނުން ޖެހެ އެވެ. އެކަށީގެންވާ ލޭގެ ރިޒާވެއް ފަސޭހައިން ލިބެން ހުރުމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނަށް ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދެ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސް އާއި އެލިއާ ގުޅިގެން ބާއްވާ މި ބްލަޑް ކޭމްޕުގެ މަގްސަދަކީ ލޭ ހަދިޔާކުރުމަކީ ދިވެހިންނަށް އަހުލުވެރި ކަމަކަށް ހެދުމާ އެކު، އެކަކު އަނެކަކަށް އަޅާލައި ބޭނުންޖެހޭ ހިނދު ތައްޔާރަށް ތިބޭ މުޖުތަމައެއް ބިނާކުރުމެވެ.
ބްލަޑް ސާވިސް އިން ބުނި ގޮތުގައި، ލޭ ހަދިޔާކުރާ މީހުންގެ އަދަދު މަދުވެފައިވުމުގެ ސަބަބުން، ލޭ ހޯދުމަށް ބޮޑެތި ދަތިތަކާއި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެ އެވެ. އަދި ފުރަތަމަ ފަހަރަށް ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަދަދު ވެސް ވަނީ މަދުވެފަ އެވެ.
މިފަދަ ހާލަތެއްގައި، މިފަދަ ކޭމްޕުތަކަކީ ލޭގެ ބޭންކަށް ދިމާވެފައިވާ ދަތިކަން ލުއިކުރުމަށް ވަރަށް ބޭނުންތެރި ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ