ފިހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ސްޓެލްކޯ މުވައްޒަފު އިތުރު ފަރުވާއަށް ތައިލޭންޑަށް

މިދިޔަ ބުދަ ދުވަހު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައި އެކިވަރުގެ އަނިޔާވި ސްޓެލްކޯ މުވައްޒަފު އިތުރު ފަރުވާއަށް ތައިލޭންޑަށް ފުރުވައިފި އެވެ.ސްޓެލްކޯގެ 43 އަހަރުގެ މުވައްޒަފު ވަނީ އެ ހާދިސާގައި އެކި ތަންތަނުން ވަރަށް ބޮޑަށް ފިހި ހާލު ސީރިއަސް ވެފަ އެވެ.އެ ހާދިސާއަށް ފަހު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެެވެ. އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު، ހަމަ އެ ދުވަހު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.އޭޑީކޭގައި ފަރުވާދެމުންދިނުމަށް ފަހު އިތުރު ފަރުވާއަށް ތައިލެންޑަށް ގެންދިޔައީ ރޭގެ ވަގުތެއްގައި އެއާ އެމްބިއުލާންސްގަ އެވެ. ސްޓެލްކޯގެ ހަރަދުގައި ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލުގައި މިހާރު ވަނީ އޭނާގެ ފަރުވާ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ