ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލައިފި
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.ޕީއެންސީގެ ޕްރައިމަރީ ޑިސެމްބަރު 27 ވަނަ ދުވަހު ބާއްވާއިރު ވޯޓުލުން އޮންނާނީ އެ މީހަކު ރަޖިސްޓްރީވެފައި އޮންނަ ރަށެއްގައި ހުންނަ ވޯޓު ފޮއްޓަށް ކަމަށް އެޕީޓީން ވަނީ ބުނެފަ އެވެ.ކުރިމަތިލުމަށް ހުޅުވާލާފައިވާ މަގާމްތަކަކީ:ސިޓީ މޭޔަރުސިޓީ ކައުންސިލް މެންބަރުސިޓީ ކައުންސިލް އަންހެން މެންބަރުސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުރަށު ކައުންސިލްގެ ރައީސްރަށު ކައުންސިލްގެ މެންބަރުރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުވާދަ ކުރާ މީހާގެ ކިބައިގަން ހުންނަންވާނެ ކަމަށް އެ ޕާޓީން ބުނާ ޝަރުތުތަކަކީ: ޝަރުތަކީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް ގާނޫނުތަކާއި ގަވައިދުތަކުގައި ކަނޑައަޅާފައިވާ އެންމެހާ ޝަރުތުތައް ފުރިހަމަވެފައިވުން އީސީން އެކުލަވާލާފައިވާ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެފައިވާ ފަރާތަކަށް ވާން ޖެހޭ ކަމަށާއި ނުވަތަ އެ ޕާޓީގެ މެންބަރަކަށް ވުމަށް އެދި އީސީއަށް ހުށަހަޅާފައިވާ ފަރާތަކަށް ވާންޖެހޭނެއިންތިހާބުގައި ވާދަކުރުމަށް އެދޭ ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިއުންތައް ފުރިހަމަކުރުން.އިންތިހާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން ވަކި އަދަދަކަށް މެންބަރުން އިތުރުކޮށް އެ ފަރާތްތަކުގެ މައުލޫމާތު ހުށަހެޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ