އެމްޑީޕީން މި މަހު 17ގައި ބާއްވަން ނިންމާފައިވާ އެ ޕާޓީގެ ބޮޑު އެއްވުން ފަސް ކުރުމަށް ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އޮކްޓޫބަރު މަހު ތިން ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ސަރުކާރަށް ކަންތައްތަކެއް ވަނީ ޑިމާންޑުކޮށްފަ އެވެ. އަދި އެ ކަންތައްތައް ނުފުއްދާ ނަމަ، މި މަހުގެ 17 ވަނަ ދުވަހު އިތުރު ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށް މާކުރިން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް:
މިރޭ އެ ޕާޓީގެ ގައުމީ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި ވަނީ، އެ ނިންމުން ފަސްކުރި ކަމަށް އިއުލާންކޮށްފައި
އެއްވުން ފަސްކުރުމަށް އެދުނީ އެކަން އިންތިޒާމު ކުރާ ކޮމިޓީން؛ އެކަމަކު ދެން އެ ހަރަކާތް ބާއްވާނެ ތާރީހެއް އިއުލާނެއް ނުކުރޭ
ތަފްސީލް - ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވީ އެ އެއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް ހުރަސް އަޅަމުންދާ ކަމަށެވެ. އެގޮތުން އެއްވުން ބޭއްވުމަށް ހުއްދަ ނުދިނުމާއި އެއްވުން އިޝްތިހާރު ކުރުމަށް ދަމާ ބެނާތައް ނެގުން ހިމެނެ އެވެ.
އޭގެ އިތުރުން، ޕާޓީގެ އިސްވެރިންނަށް އަމާޒުކޮށް ކޮރަޕްޝަނުގެ ތުހުމަތުތަކެއްކޮށް، ގުޅުން ހުރި އިދާރާތަކަށް ހުރަސް އަޅަނީ އެ އެއްވުމަށް ހުރަސް އެޅުމަށް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އެނގުން މުހިއްމު - އެމްޑީޕީން އެންމެ ފަހުން ބޭއްވި ކުރި މުޒާހަރާގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އެމްޑީޕީ ދެ މެންބަރަކާާ އެކު ޖުމްލަ އަށް މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ހަ މީހަކު ދޫކޮށްލީ، 15 ދުވަހު ޖަލުގައި ބޭއްވުމަށް ފަހު އެވެ.
ފަސްމަންޒަރު - ގިނަ ބަޔަކު ބައިވެރިވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން، މުޒާހަރާ ރޫލާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި ސޮނިކް ވެޕަން ވެސް ބޭނުންކޮށްފަ އެވެ.
ފުލުހުން މުޒާހަރާ ރޫޅާލީ އަމީީނީ މަގުން ހިނގާލުން ކުރިއަށް ގެންދަން އަންގާފައިވަނިކޮށް ފުލުހުން ދިން ރޫޓަށް ބެލުމެއް ނެތި މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ދާން މަސައްކަތްކުރުމުންނެވެ.
އެމްޑީޕީގެ 'ބޮޑު އެއްވުން' ތާރީހެއް ނެތި ފަސް ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ