ކޮމިޓީގެ ލަފައާ އެކު މަހުމޫދު ރިޔާޒުގެ ވަޒީފާ އިޔާދަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ލަފައަކަށް ރައީސް މުހައްމަދު މުއިއްޒު މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަގާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.އެކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ.ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނަވަނިކޮށް، މަހްމޫދު ރިޔާޒު އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެެވެ. އޭނާ މަގާމުން ވަކިކުރެއްވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރި ސިނގިރޭޓް ކާޓޫންތަކެއް ގަވާއިދާއި ހިލާފަށް އެތެރެކުރި މައްސަލައަކާއި، ސިނގިރޭޓް ކާޓުންތަކެއް ބޮންޑެޑްވެއާރ ހައުސްއިން ގަވާއިދާއި ހިލާފަށް ބޭރުކުރި މައްސަލައަކާއި ގުޅިގެނެވެ.މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮމިޓީން ދިރާސާކުރި މައްސަލަތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި މަހްމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް އޮތްކަމަށް ބެލެވެން ނެތްކަމަށެވެ. އެހެންކަމުން އޭނާގެ ވަޒީފާ އިއާދަކޮށްދިނުމަށް ރައީސް ލަފާ އެރުވުމަށް ބުރާސްފަތިދުވަހު ބޭއްވެވި ކޮމިޓީގެ ބައްދަލުވުމުގައި ނިންމަވާފައިވާކަމަށްވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބަޔާނުގައި ވެއެވެ.241 ކޮމިޓީން ދިރާސާކުރި މައްސަލައަށްފަހު މަހްމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދުވެސް ވަނީ ވަޒީފާއިން ވަކިކުރައްވާފައެވެ. ނަމަވެސް އޭނާގެ ވަޒީފާ އިއާދަކޮށްދިނުމަށް ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ