ބްރިޖު ހައިވޭގައި ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ރޭ އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ވޭނަކާއި ސައިކަލެއް ޖެހިގެންނެވެ.
ހައިވޭގެ ހަތަރު ލޭނު އޮންނަ ހިސާބުގައި ހިނގި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ވޭން އޯވަރޓޭކްކުރަނިކޮށް ސައިކަލުގައި ޖެހިގެންނެވެ.
މި ހާދިސާގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާއިރު، އެ ދެ މީހުންނަށް ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދެމުންނެވެ.
މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ރޭ 22:49 ހާއިރުއެވެ.
މި މައްސަލައިގެ ތަޙްޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ