ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އާންމުންގެ ފަރާތުން އިންނަވާ މެމްބަރުކަމުގެ މަގާމަށް އިދްރީސް ފައުޒީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޖޭއެސްސީގައި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުގެ ގޮތުގައި މިހާރު އިންނަވަނީ ޑރ. އާމިނަތު އުއްމުކުލްސޫމް އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ 6 އޮގަސްޓް 2020ގަ އެވެ.
މި މަގާމަށް ބޭފުޅަކު އައްޔަންކުރައްވަން ހުޅުވާލާފައިވަނީ:
އޭނާގެ މެމްބަރުކަމުގެ ދައުރު އަންނަ މަހު ހަމަވާނެތީ
މި މަގާމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އެ ކޮމިޝަނުގައި ހުރެވޭނީ ފަސް އަހަރުގެ އެއް ދައުރަށް
އެ ދައުރު ހަމަވުމުން އެ މީހަކު އަލުން އެ ކޮމިޝަނަކަށް އައްޔަނެއް ނުކުރެވޭނެ
ތަފްސީލް - މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް، ޖުޑިޝަރީ ކޮމިޓީން އެންމެ މަތިން މާކްސް ދީފައިވަނީ އިދްރީސް، ފަހިވާގެ/ލ. ކަލައިދޫ އަށެވެ.
އޭނާއަށް ރުހުންދޭން މިއަދު މަޖިލީހުން ފާސްކުރީ އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި:
ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ތާއީދާ އެކު
ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ މެމްބަރެއް
ވަކި ގޮތަކަށް ވޯޓުނުދެއްވާ ދެ މެމްބަރުން ތިއްބެވި
މި މަގާމަށް އަށް ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެކަމަކު މީގެ ތެރެއިން ދެ ބޭފުޅަކު ފަހުން ނަން އަނބުރާ ގެންގޮސްފައިވާތީ ކޮމިޓީން އިންޓަވިއުކޮށްފައިވަނީ ހަ ފަރާތަކާ އެވެ.
ޖޭއެސްސީގައި އިންނަވާ އާންމު މެމްބަރަކަށް އިދުރީސްއަށް ރުހުންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ