ރައީސް މުހައްމަދު މުއިއްޒު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނިގޮތުގައި މަތީ ފަންތީގެ ވަފުދަކާ އެކު އެ މަނިކުފާނު މިއަދު ފުރާވަޑައިގެންނެވީ، މަތީ ފަންތީގެ ބައްދަލުވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ރައީސް އޮފީހުން ބުނިގޮތުގައި:
ރައީސްގެ މި ދަތުރުފުޅުގައި، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ބައްދަލުވުންތައް ބާއްވާނެ
އެ ބައްދަލުވުންތަކުގައި، ސަރުކާރު ހިންގުމާއި މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ތައުލީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރާނެ
މީގެ އިތުރުން، ލަންޑަންގައި ބާއްވާ ވިޔަފާރި ފޯރަމެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި
އެނގުން މުހިއްމު - އިނގިރޭސީންގެ ކިބައިން ރާއްޖެ މިނިވަންވުމާ އެކުއެކީގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކުރިތާ މި މަހުގެ 26 ވަނަ ދުވަހު 60 އަހަރު ފުރޭނެ އެވެ.
ރައީސް ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ