ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ ލިބޭ މީހުންނަށް ފްލެޓް މިލްކު ކޮށްދޭނީ ދައްކަން ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ޚަލާސް ކުރުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މި ފްލެޓުތަކުގެ އެއްބަސްވުން މި ވަގުތަށް ހަދަން ނިންމާފައި ވަނީ 25 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ދިވެހިރާއްޖޭގެ އަޑުގެ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު މިއަދު ވިދާޅުވީ، އެ އުސޫލުން އަމަލު ކުރަން ނިންމީ ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވުމުން ކަމަށެވެ.
“މިހާރު ދޫކުރަންއުޅޭ 4000 ފްލެޓް އެގްރިމަންޓް ކުރާނީ 25 އަހަރުގެ މުއްދަތުގެ ކުލި ދެއްކީމަ އެތަން ރަޖިސްޓްރިކޮށްދެވޭގޮތަށް. ކުއްޔަށް ދޭ ތަނެއްގެ ގޮތަށް އޮތީމަ، ކުލި ނުދައްކާނަމަ ފިޔަވަޅު އަޅަން ފަސޭހަވޭ،” މުއްތަލިބް ވިދާޅުވިއެވެ.
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ވެރިފަރާތުން ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މިނިސްޓަރު ވިދާޅުވިގޮތުގައި އެ މައްސަލަ އަށް ހައްލެއް ލިބެން މި ވަގުތަށް އޮތީ ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކުރަން ތައްޔާރުވަމުން އަންނަ ގެދޮވެރިވެރިކަމުގެ ބިލުންނެވެ. އޭރުން ކުލި ނުދައްކާ މީހުން ގޮވައިގެން ކޯޓު މަރުހަލާއަށް ނުގޮސް އަދި މާ ބޮޑު ދަތިތަކެއް ނެތި ކުލި ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ހައުސިން މަޝްރޫއުތައް ހިންގަނީ ބޮޑެތި ލޯނުތަކެއް ނަގައިގެން. އެ ލޯނުތައް އަނބުރާ ދައްކަން ޖެހެނީ އެކްސްރޯ އެކައުންޓެއް މެދުވެރިކޮށް. އެހެންވީމާ ކުލި ނުދެއްކީމާ މިވާ ގޮތަކީ ބޭންކުތަކަށް އެބަ އެނގޭ ކުލި ނުދައްކާކަން. އެހެންވީމާ ދައުލަތުން އިތުރަށް ލޯނު ނަގަން ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވޭ. ހަގީގަތުގައި ކުލި ނުދެއްކީމާ ދައުލަތަށް އާމްދަނީ ލިބުން ދަތިވުމުގެ އިތުރަށް އެހެން ވަރަށް ގިނަ ފަރާތްތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް ހުރަސް އެޅިގެން ދަނީ” މިނިސްޓަރު ވިދާޅުވިއެވެ.
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ. އެހެންވެ، އެޗްޑީސީން މި މަހު ވަނީ ކުލި ނުދައްކާ މީހުންނަށް ނޯޓިސް ފޮނުވަން ފަށައި އެ ކަންކަން ދާއިމީކޮށް މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފައެވެ.
އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. އަދި 5،099 ފްލެޓަކުން ކުލި ނުދައްކައެވެ.
މޫސުން ގޯސްވެ، ފުލުހަކާ އެކު ކޮފީއެއް ކެންސަލްވެއްޖެ ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އިސްރަށްވެހިންގެ ތަޖުރިބާ މުހިއްމު: އާދަމް ޝަރީފް “ފުލުހަކާ އެކު ކޮފީއެއް” މިއަދު ހަވީރު ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްުދުގައި މިފެށުނީ އަކީ އިސްލާމީ އާއަހަރެއް ނޫން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ