މިއީ ސިޔާސީ “ކުޅިގަނޑެއް”، އެލްޖީއޭއަށް ދުލެއް ނުދޭނަން: ސައުދު ތިނަދޫގެ 200 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި މަގުބޫލު ލިޔުންތައް އެންމެ ފުރަތަމަ އަހަރެން ހީކުރީ އަހަރެންވެސް މި މަރުވަނީކަމަށް: ފްލައިޓުން ސަލާމަތްވި ހަމައެކަނި މީހާ

ތިނަދޫ ސިޓީ ކައުންސިލަށް ކުރި ތުހުމަތުތަކުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން ހެދި އިންކުއަރީއަށް ފަހު، އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި ނިންމުމަށް އިދިކޮޅު އެމްޑީޕީން ފާޑުކިޔައިފި އެވެ.
ސަސްޕެންޑް ކުރުން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ކައުންސިލުގެ އަގު ވައްޓާލައި، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ބާރުތައް ކަނޑުވައިލުމަށް ވެރިކަން ކުރާ ޕީއެންސީއިން ކޮށްފައިވާ ކަމެއް ކަމަށެވެ.
އަދި އެލްޖީއޭއިން މި ފިޔަވަޅު އަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ބޭނުންވާ ގޮތަށް އެ ކައުންސިލުން އަމަލު ކުރަމުން ނުދާތި އެ އޮތޯރިޓީއަށް ހުށަހެޅި އެއްވެސް ހަގީގަތެއް ނެތް މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
” އެ މައްސަލަތައް ނުބަލައިގެން ތަކުރާރުކޮށް އެލްޖީއޭއަށް ނުފޫޒު ފޯރުވާފައިވާ އިރު ކައުންސިލަރުންނަށް އެކި ޕްލެޓްފޯމުގައި ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައި. އެއްވެސް އިންޒާރެއް ދިނުމެއް ނެތި އަވަސް އަރުވާލައިގެން ކައުންސިލަރުން ސަސްޕެންޑްކޮށްފައި ކޮށްފައިވާއިރު މިހާތަނަށް އައިއިރު ތިނަދޫ ސިޓި ކައުންސިލްގެ އިދާރީ ހިންގުން އިސްލާހު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅަން އެލްޖީއޭއިން އަންގާފައި ނުވޭ” އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެލްޖީއޭ އިން ފިޔަވަޅު އެޅީ އެ ކައުންސިލަށް ކުރެވުނު ހިޔާތާނާއި ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރާ މައްސަލައިގެ އިންކުއަރީއަށް ފަހު އެވެ. އިންކުއަރީގައި ބަލާފައި ވަނީ ތިނަދޫ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އެ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި އެލްޖީއޭ އިން މޮނިޓާކޮށް ފާހަގަކުރެވުނު މައްސަލަތަކަށް ކަމަށް އެލްޖީއޭ އިން ބުންޏެވެ..
އެމްޑީޕީން ބުނި ގޮތުގައި މިހާތަނަށް އައިއިރު ސިޓީ ކައުންސިލްގެ އިދާރީ ހިންގުން އިސްލާހު ކުރަން އެއްވެސް ފިޔަވަޅެއް އަޅަން އެލްޖޭއޭ އިން އަންގާފައެއް ނުވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ މިއީ ބާރުތައް މަރުކަޒު ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ