މީހަކަށް އިންޒާރުދިން ކަމަށްބުނެ އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް)ގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފިއެވެ.
މިއަދު ހެނދުނު 10:00 ގައި ކުރިމިނަލް ކޯޓުގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވާ އިރު، ޝުމްބާގެ މައްޗަށް ދައުވާކޮށްފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ކަމަށްވާ ޒާހިދު ރަމީޒަށް ސޯޝަލް މީޑިއާއާއި، ފޯނު މެދުވެރިކޮށް ތަފާތު އެކިފަހަރު މަތިިން ބިރު ދައްކާ، އިންޒާރުދީފައިވާކަމަށް ބުނެ. މިއަދުގެ އަޑުއެހުމުގައި ޝުމްބާގެ ފަރާތުން ވަނީ އިޖުރާއީ މައްސަލަތަކެއް ފާހަގަކޮށްފައި. އެގޮތުން ޝުމްބާ ހައްޔަރުކޮށް އޭނާގެ މައްޗަށް ތަހުގީގުކޮށްފައިވާ މައްސަލަ ނޫން މައްސަލައެއްގައި ދައުވާ އުފުލާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އެ މައްސަލައިގައި ދައުލަތުން ބުނީ އެއީ މައްސަލައެއް ނޫން ކަމަށާއި ދައުވާ ކުރުމަކީ ޕީޖީގެ މަސްއޫލިއްޔަތެއް ކަމަށްވާތީ އެކަމުގައި ފުލުހުންގެ ދައުރެއް ނޯންނާނެ ކަމަށެވެ.
ޝުމްބާ އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ ސެޕްޓެމްބަރު މަހު ރިޔާސީ ލޯންޗުކޮޅުގައި ބޮންގޮއްވި މައްސަލައާއި ގުޅިގެން ފުލުހުން އޭނާ ހޯދަން އިއުލާންކޮށް މިދިޔަ އަހަރު ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ލަންކާ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ލަންކާއިންނެވެ.
އެހެން ނަމަވެސް ޝުމްބާ ހައްޔަރުކޮށް މުއްދަތު ޖަހަމުން ގޮސްފައިވަނީ މީހަކަށް މަރުގެ އިންޒާރުދީ ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއްގައެވެ.
ޝުމްބާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ.
މިއަދުގެ އަޑުއެހުމުގައި ޝުމްބާ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށްވެސް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ އަޑުއެހުމެއް 15 ދުވަސްފަހުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަހުމަދު އަޝްރަފްގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ