ހައިކޯޓުގެ ރަޖިސްޓްރާ ފޭދޫ ދާއިރާގެ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ބަދަލުކޮށް އެ މައްސަލަ ބަލައިގަތު ހައިކޯޓުގެ ބަލައިގަތުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.
ފޭދޫ ދާއިރާގެ އިންތިހާބު ބާތިލުކޮށްދިނުމަށް ހައިކޯޓަށް ހުށައެޅުއްވީ އެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނިހާދު އެވެ.އެ ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް ދީދީ އެވެ.
ފޭދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވީ ފޭދޫ ދާއިރާގެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމި ނިންމުން މި މައްސަލަ ހުށައެޅުއްވި އެމްޑީޕީގެ ކެންޑިޑޭޓް ނިހާދު އިސްތިއުނާފް ކުރެއްވުމުންނެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާ ގޮތުން ރެޖިސްޓްރާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމެއް އަލުން ބަލައި ދިނުމަށް އެދި ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިދާނެ އެވެ.
ހައި ކޯޓަށް މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންދުވިއިރު އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި 16 ދާއިރާއެއްގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް ހައިކޯޓުން ބަލިގެންފައިވަނީ އޭގެތެރެއިން 12 މައްސަލައެކެވެ.
ފޭދޫ ދާއިރާގެ އިންތިހާބުގެ މައްސަލަ ބަލައިގަތުމަށް ނިންމުމާއެކު އެ އަދަދު 13 އަށް ވަނީ މިހާރު އަރާފައެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އެ ބާވަތުގެ މައްސަލަތަކަކީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބަލައި ނިންމަންޖެހޭނެއެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފޭދޫ ދާއިރާގެ މައްސަލަ ބަލައިގަތުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ