ވެރިކަމުގެ ބާރަކީ ރައްޔިތުން ކަމަށާއި ބިރު ދެއްކުން މާޒީ ވެއްޖެކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
އަބުޅޯ މިހެން ވިދާޅުވީ އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ ބޮޑު އެއްވުމަށް އަތޮޅުތެރެއިން މާލެ އައުމަށް ގޮވާލުމާއި ގުޅިގެން ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރ އަލީ އާރިފް މާލެ އަންނަ އަތޮޅު ތެރޭ ރައްޔިތުން ޖަލަށް ލާނެކަމުގެ އިންޒާރު ދިނުމާއި ގުޅިގެން ކަމަށެވެ. އަބުޅޯ ވިދާޅުވީ "ރައްޔިތުން މާލެ އަރާނެކަމަށެވެ".
Verikamuge Baarakee Rayyithun.Birudhekkun Maazee Vejje. Rayyithun Male’ Araane|Male’ Araane. @Ali__Arif @addulive https://t.co/Mx2sC3iPkm
— عبدالله أحمد (@AblhoMP) February 13, 2018
އަބުޅޯ ވިދާޅުވީ ގައުމު ހަލަބޮލިކޮށް، ރައްޔިތުންނަށް އަނިޔާކޮށް، ގާނޫނު އަސާސީ އާއި ގާނޫނު ތަކާއި ހިލާފަށް ވެރިކަން ކުރަމުންދަނީ ރައީސް ޔާމީން ކަމަށެވެ.
ހުކުރު ދުވަހު ރާއްޖޭގެ އެކިކަންކޮޅު ތަކުން މީހުން މާލެ އަރައި އެއްވުމަށް ތައްޔާރު ވަމުން އަންނަ އިރު ފުލުހުންނާއި ސިފައިން ވަނީ އެއްވުން ބޭއްވިޔަ ނުދޭނެކަމަށް ވިދާޅުވެފައެވެ.
ވެރިކަމުގެ ބާރަކީ ރައްޔިތުން، ރައްޔިތުން މާލެ އަރާނެ: އަބުޅޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ