ސްރީލަންކާގެ ރިޔާސީ ދައުރުގެ މުއްދަތަކީ ފަސް އަހަރު ކަމަށް އެ ގައުމުގެ ސުޕްރީމު ކޯޓުން ކަނޑައަޅައި އެކަން އެގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާއަށް އަންގައިފިއެވެ.
ލަންކާގެ ރައީސް ސިރިސޭނާ ރައީސްކަމުގެ ހުވާ ކުރެއްވީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުއެވެ. ސިރިސޭނާގެ ރިޔާސީ ދައުރު ހަމަވާނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އަށްވަނަ ދުވަ ދުވަހަށެވެ.
ނަމަވެސް ރައީސް ސިރިސޭނާ ވަނީ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުމުން އިތުރު އެއް އަހަރާ ހަމައަށް މަގާމުގއި ހުންނެވިދާނެތޯ ބެލުމަށް އެގައުމުގެ ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ހުށަހަޅާފައެވެ.
ސިރިސޭނާ ލަންކާގެ ރައީސްކަމުގެ ހުވާ ކުރެއްވީ 1978 ވަނަ އަހަރުގެ ގާނޫނު އަސާސީގެ ދަށުންނެވެ. އެ ގާނޫނު އަސާސީގައި ވެރިކަމުގެ ދައުރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަ އަހަރެވެ. އެހެންކަމުން ސިރިސޭނާ އެދިވަޑައިގެންފައިވަނީ ވެރިކަމުގައި ހަ ވަނަ އަހަރަށް ހުންނެވިދާނެތޯ ސާފުކޮށްދިނުމަށެވެ.
ލަންކާގެ ރިޔާސީ ދައުރަކީ 5 އަހަރު ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ