ބްރޯޑްކޮމް އިން ފައިސާ ހަރަދުކޮށްފައިވަނީ ރަނގަޅަށް - އޮޑިޓް ރިޕޯޓް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިދިޔަ އަހަރު ފައިސާ ހަރަދު ކޮށްފައިވަނީ ރަނގަޅަށް ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
ބްރޯޑްކޮމްގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނަރަލް އޮފީހުން ބުނެފައި ވަނީ 31 ޑިސެމްބަރު 2017 އަަށް ނިމުނު މާލީ އަހަރުގެ ހަރަދުތައް ކޮށްފައި ވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ފާސްކޮށްދެއްވި ބަޖެޓުގެ މަގްސަދުތައް ހާސިލްވާ ގޮތަށް ކަމަށެވެ.
ބްރޯޑްކޮމް އިން މާލީ ކަންތައްތަކުގައި މައިގަނޑުގޮތެއްގައި ހިންގާ ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް އެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
ޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެއްގޮތަށް އަމަލުކޮށްފައިވާ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ