ޕެރޯލްގެ ދަށުން 100 ގައިދީއަކު ގޭބަންދަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ކަމުގައި މިނިސްޓަ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އުމަރު ނަސީރު މިހެން ވިދާޅުވީ މޯލްޑިވުސް ކަރެކްޝަނަލް ސާވިސްގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހް ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ކުށްވެރިންނަށް ޕެރޯލްގެ ދަށުން ލުއިދިނުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ޕެރޯލް ނިޒާމުގެ ދަށުން 100 މީހުން ވަރަށް އަވަހަށް މުޖުތަމައަށް ނެރެން ބޭނުންވާ ކަން ޕެރޯލް ބޯޑަށް ހުށަހަޅާފައިވާ ކަމަށެވެ.
މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ 2013 ވަނަ އަހަރު މިސަރުކާރު އައުމަށްފަހު ރާއްޖޭގެ ޖަލުތައް ހިންގުމާއި ބެހޭ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފެށިފައިވާ ކަމަށެވެ.
މިގޮތުން ކުށްވެރިންގެ ފައިގައި އިލެކްޓްރޯނިކް ޓެގް ހަރުކުރުމުގެ އިތުރުން ކުށްވެރިންނަށް މަސައްކަތް ކުރެވޭނޭ ޖަލެއް ތިލަފުށީގައި ގާއިމްކުރެވިގެން ދިއުމަކީ އެކަމުގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސޯދީ ފައިދާތަކެއްވެސް ލިބިގެން ދިޔަ ކަމެއް ކަމުގައި މިނިސްޓަރު އުމަރު ވިދާޅުވި އެވެ. އަދި ޖަލުތަކުގެ ނިޒާމަށް ގެނެވުނު އެންމެ މުހިއްމު އެއް ބަދަލަކީ އެއީ ކަމުގައި ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ 100 އެއްހާ ކުށްވެރިންނަށް ޕެރޯލްގެ ދަށުން ލުއިދޭއިރު އެމީހުންގެ އުޅުމާއި އަޚުލާގާއި ހުކުމް ތަންފީޒުކޮށްފައިވާ މުއްދަތަށް ބަލާނެ ކަމަށާއި މިގޮތުން ހުކުމްގެ ފަހު މަރުހަލާގައިވާ އެފަދަ މީހުންނަށް ލަހެއް ނުވެ އެކަން ހަމަޖެހިގެން ދާނެ ކަމަށެެވެ.
100 ގައިދީއަކު ގޭބަންދަށް ބަދަލުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ