އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުން ކުރާ ކޭބަލް ނެޓްވޯކް މަރާމާތުކުރުމަށް ކަރަންޓު ކަނޑާލާފައި ވާއިރު މައްސަލަ ހައްލުކުރުމަށް ފަހު ކަރަންޓު ފޯރުކޮށްދީފި އެވެ.
އައްޑޫގެ ގެތަކަށް ފެނަކައިން ވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން 16:00 އަށް ކަރަންޓު ކަނޑާލާނެކަން އަންގާ ނޯޓިސް ފޮނުވާފައެވެ. އެކަމަކު މައްސަލަ އަވަހަށް ހައްލުކުރެވިފައި ވާތީ މިހާރު އައްޑޫގެ ހުރިހާ ހިސާބަކަށް ކަރަންޓު ވަނީ ދީފައެވެ.
ހަތް ގަޑިއިރަށް މިއަދު ކަރަންޓު ކަނޑާލާކަން އަންގާފައި އޮތުމުން ރަށުގެ ގިނަ ބަޔަކު ވަނީ ދަތުރު ގޮހެވެ.
ކަރަންޓު ދެވޭނެ ކަމަށް އަންގާފައި އޮތް ގަޑީގެ ތިން ވަރަކަށް ގަޑިއިރު ކުރިން ކަރަންޓު އަނބުރާ ދީފައިވާއިރު އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓު ދޭން ބޭނުންކުރާ ކޭބަލް ނެޓްވޯކްގެ މައްސަލަ ދިމާވެ މިދިޔަ އާދިއްތަ ދުވަހު އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަށް ގަޑިއިރަށް ވުރެ ގިނަ އިރަށް ކަރަންޓު ކެނޑުނެވެ.
ރާއްޖޭގައި ދެ ވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫގެ ސެންޓްރަލް ޕަވާ ސްޓޭޝަނުގެ އިންޖީނަކަށް ދިމާވި މައްސަލައާ ގުޅިގެން ކަރަންޓުގެ މައްސަލަ ބޮޑުވެފައިވާއިރު އެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ވަނީ އިންޖީނިއަރުންގެ ޓީމެއް ވެސް އެކޮޅަށް ފޮނުވާފައެވެ.
އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެކަމުގެ ޝަކުވާ ރައްޔިތުން ސަރުކާރުތަކުގައި ކުރަމުން އަންނަތާ ވެސް އަހަރުތަކެއް ފާއިތުވެއްޖެ އެވެ.
މައްސަލަ ހައްލުކޮށް އައްޑޫއަށް ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ