އަދުގެ ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ ހުރި ކެތްތެރިކަން، އެހެން ލީޑަރެއްގެ ކިބައިން ނުފެންނަކަމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހާލަތު ގޯސްވެ، ޕާޓީގެ އިސް ލީޑަރު އަދި ގައުމު ހިންގުމާއި ހަވާލުވެގެން، ވަލީއުލްއަމްރުގެ މަގާމުގައި ހުންނެވި އިބްރާހީމް މުހައްމަދު ސާލިހަށް، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ މި ދަނޑިވަޅުގައި، ޓްވީޓެއް ކުރައްވާ އަހުމަދު އަބްދުﷲ ވިދާޅުވެފައިވަނީ، ސިޔާސީ ހަލަބޮލިކަމާއި، ޒާތީ ހަސަދައިގެ ތެރޭގައި ބަދަލު ހިފުމެއް ނެތި ކެތްތެރިކަމާއިއެކު ރައީސް ސާލިހަށް ކުރިއަށް ވަޑައިގެންނެވި ކަމުގައިވީ ނަމަވެސް އެ ކެތްތެރިކަން ހުރި އެހެން ސިޔާސީ ލީޑަރެއް ނުފެންނަކަމަށެވެ.
އެހެންކަމުން 2023 އަށް އެންމެ ރަނގަޅު ޗޮއިސްއަކީ ރައީސް ސާލިހުކަމަށް އަހްމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
Siyaasee halabolikamaa zaathee hasadhaige threyga badhalu hifumehnethi keiytheri kamaaeku RJ @ibusolih kuriyah vadaigenneviyas e keiytherikan huri ehen leaderh nufeney. @ibu2023 enme rangalhu choice.
— Ahmed Abdulla (@ahmedabdulla2a) July 31, 2022
އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕުގެ މެސެޖުތަކެއް އާންމުވެފައިވާއިރު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ސިޔާސީ ފިކުރު ތަފާތުކަން ދޭހަވާ ގޮތަށް ފާޅުކަން ބޮޑު ގޮތެއްގައި ބަސް ވިދާޅުވަމުން އަންނަ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސާލިހަށް ބޮޑެތި ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައެވެ.
ރައީސް ސޯލިހުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރުމަށް ފަހު، އެމްޑީޕީގެ ގައުމީ މަޖިލީސް ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އަންހެނަކާއި އެކު ބަދުއަހުލާގީ އަމަލުތައް ހިންގާ ފޮޓޯތަކެއް ލިބިފައިވާކަމަށާއި އެ ފޮޓޯތައް ފުލުހަށް ފޮނުވާނެ ކަމަށެވެ.
އެއާއިއެކު ރައީސް ނަޝީދުގެ އާއިލީ މެންބަރެއްކަމުގައިވާ، މަޖިލީހުގެ ނައިބު އީވާ އަބްދުﷲ ވެސް ވަނީ ރާބުއިމާއި ޒިނޭ ކުރުމަކީ ރައީސް ސޯލިހު ނުކުރައްވާ ކަމެއްތޯ ސުވާލުކުރައްވާފައެވެ.
އެމްޑީޕީގެ ތެރެ ހޫނުވެ ހަލަބޮލި ވެގެން ދިޔައީ އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި، ރައީސް ނަޝީދުގެ ކޮށްކޯފުޅު މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު ނާޒިމްގެ ދިފާއުގައި ނިކުންނަވާ ސަރުކާރަށް ފާޑު ވިދާޅުވުމުންނެވެ.
ރައީސް ސާލިހުގެ ހުރި ކަތްތެރިކަން، އެހެން ލީޑަރެއްގެ ނުފެނޭ: އަހުމަދު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ