ޑެންގީ އާއި އިންފުލުއެންޒާ ހަލުވިކަމާއެކު ފެތުރެނީ، ސަމާލުވާން އެދިއްޖެ

މާލެއާއި ރާއްޖޭގެ ބައެއް ސަރަހައްދު ތަކުގައި ހަލުވިކަމާއެކު ޑެންގީ އާއި އިންފުލުއެންޒާ ފެތުރެމުންދާތީ ސަމާލުވުމަށް އެދިއްޖެއެވެ. 
މިކަން ހާމަކުރައްްވައި ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިޞަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގައި އިންފުލުއެންޒާ ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށާ ބަލިޖެހިގެން ދައްކަ ބައެއް ކުދިންގެ ހާލު ސީރިއަސް ކަމަށެވެ. 
އެގޮތުން، ބައެއް ކުދިންގެ ގައިގައި ރިއްސާ، ނުހިނގޭވަރުވެސްވެފައިވާކަން ފާހަގަކުރައްވައި ޑޮކްޓަރު އިރުޝާދު ދެއްވީ ބަލިން ރައްކާތެރިވުމަށް ވެކްސިންޖެހުމަށެވެ.
މީގެ އިތުރުން ޑޮކްޓަރު ވިދާޅުވީ، ކ އަތޮޅުގައި ޑެންގީވެސް ވަރަށްގިނަ ކަމަށެވެ. އެގޮތުން ހިންމަފުށްޓާއި މާފުށީގައި ބަލިޖެހިގެން ދައްކާ ކުދިން އިތުރު ކަމަށާ އެހެން ކަމުން މަދިރިން ރައްކާތެރިވުމަށް އިރުޝާދު ދެއްވިއެވެ. 
1. މަދިރި ހެފުމުން ރައްކާތެރިވުން:
????މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން/ ސްޕްރޭ ބޭނުންކުރުން. މަދިރި ލޯޝަން/ ސްޕްރޭ ބޭނުން ކުރުމުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ހިމެނޭ  ތަކެތި ބޭނުންކުރުން މުހިންމު. DEET, Picaridin (KBR3023 or Icaridin), IR3535, OLE,PMD and 2-undecanone)
????ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން.
????ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން ނުވަތަ ގޭތެރޭގައި މަދިރި ގެ ބޭނުންކުރުން.
????މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި، ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން.
2. މަދިރި އާލާވާ ތަންތަނާއި ތަކެތި ނައްތާލުން:
????ގެއާއި ގޯތިތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން އަދި ގަސްމުށި، ހުސް ތާނގީ ފަދަ ތަކެތި ފެން ނޭޅޭ ގޮތަށް ބެހެއްޓުން/ބަންދުކުރުން.
????އާއްމު ތަންތަނާއި މަގުމަތީ އަދި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ފެންހަރުލާ ގޮތަށް ހުންނަ (ހުސްފުޅި އާއި ދަޅު، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ) ތަކެތި ފެންހަރުނުލާނޭހެން ބަންޑުން ޖެހުން/ މަތިއެޅުން.
????މަދިރި ފަނި ނައްތާލުމަށް ބީ.ޓީ.އައި ނުވަތަ ޓެމިފޯސް ބޭނުންކުރުން.
????ދައުރު ނުވާގޮތަށް ހުންނަ ބޮޑެތި ފެންގަނޑުތަކަށް މަދިރި ފަނި ކާ ކުދި މަސް ލުން.
ސާފު ފެން ހަރުލާ ކޮންމެ ތަނެއްގައި އީޑިސް މަދިރި ބިސް އަޅާ އާލާވާކަމަށާއި، އީޑިސް މަދިރި ފަނި އަޅާފައި ހުންނަ ތަކެތީގެ ފެން ހުސްކުރިޔަސް، އެތަކެތީގައި މަދިރި ބިސް ހަރުލާފައި ހަލާކުނުވެ 6 މަސްދުވަހަށްވުރެ ގިނަ ދުވަހު ހުރުމުން، މިފަދަ ތަކެތި ރަގަޅަށް ސާފުކުރުން މުހިންމުކަމަށް އެޗްޕީއޭ އިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ