މިސްކިތްތަކަށް ގެއްލުންދިނުން ޓެރަރިޒަމްގެ އަމަލެއް ގޮތުގައި ހިމަނަން ހުށަހަޅައިފި

މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ހިމަނަން، ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހެއް މިއަދު ހުށަހަޅައިފިއެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވީ ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭ މިސްކިތްތަކަށް ގެއްލުން ދިނުން ހިމެނުމަށް، އެ މާއްދާގެ އެންމެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް -- ފޮޓޯ/ މަޖިލިސް މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ކުޑޫ ވިދާޅުވީ، ރާއްޖޭގައި މިސްކިތްތަކަށް ގެއްލުންދިނުން ތަކުރާރުވަމުން ދާތީ އެއީ މިސްކިތްތަކުގެ ކަރާމާތަށް އުނިކަން ލިބޭނެ ފަދަ އަމަލެއް ކަމަށްވާތީއާއި މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމަކަށްވާތީ ކަމަށެވެ. https://sun.mv/213756 ފާހަގަކުރެވޭ ގޮތުގައި މީގެ ދެ ހަފުތާ ކުރިން އައްޑޫ ހިތަދޫގެ މަސްޖިދުލް ޢުމަރުލްފާރޫޤު މިސްކިތަށް ބަޔަކު ވަދެ، އެ މިސްކިތުގެ ގޮނޑިތައް އުކައި މުސްހަފުތަކަށް ގެއްލުންދީފައިވެއެވެ. އަދި، މާލޭގެ ފުރުޤާން މިސްކިތަށާއި މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން މިސްކިތަށް ވެސް މީހަކު ގެއްލުންދީފައިވެއެވެ. މި މައްސަލައިގައި 24 އަހަރުގެ މީހަކު ހައްޔަރު ވެސް ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ