މާލޭގައި އިންފުލުއެންޒާ ފެތުރުން އިތުރުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޑރ. ފައިސަލްގެ އަމިއްލަ އެކްސް އެކައުންޓުގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގައި އިންފުލުއެންޒާ ފެތުރޭ ވިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ތަފްސީލް - ބަލި ޖެހޭ ކުޑަކުދިންނަށް ބަލީގެ އަސަރު ކުރާ މިންވަރު ބޮޑު ކަމަށާއި ބައެއް ކުދިންގެ ގައިގައި ރިއްސާ، ނުހިނގޭ ވަރު ވެސްވާ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ. އެގޮތުން:
އިންފުލުއެންޒާ އިން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިން ޖެހުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވި
މީގެ އިތުރުން، ކ. އަތޮޅުގެ ބައެއް ރަށްރަށުގައި ޑެންގީ ހުން ފެތުރޭ މިންވަރު ވެސް އިތުރުވެފައިވާކަން ޑރ. ފައިސަލް ފާހަގަކުރެއްވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ ހިންމަފުއްޓާއި މާފުށީގައި އެ ބަލި ފެތުރޭ މިންވަރު އިތުރުކަން ފާހަގަވާ ކަމަށެވެ.
ޑެންގީ ފެތުރުން ހުއްޓުވުމަށް މަދިރިން ރައްކާތެރިވުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވި
އިންފުލުއެންޒާ ފެތުރުން އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ