ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ 'ޤަޟާއީ އަހަރު' ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ.
'ޤަޟާއީ އަހަރު 2024' އިފްތިތާހުކޮށްދެއްވީ މިކަމަށް ޓަކައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައެވެ.
ޤަޟާއީ އަހަރު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަގްސަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވި މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމެވެ.
މިރަސްމިއްޔާތުގައި ވަނީ ޝަރުޢީ ދާއިރާއަށް 35 އަހަރަށްވުރެ ދިގުމުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް އެބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައެވެ. އެ ބޭފުޅުންނާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިނާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ފަނޑިޔާރުން ބައިވެރިވެވަޑައިގަތެވެ.
ޝަރުއީ ދާއިރާގެ 'ޤަޟާއީ އަހަރު' ރައީސް ޑރ. މުއިއްޒު އިފްތިތާހުކޮށްދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ