މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއީ ގޭގެ މަތީ ފްލޯއެއްގެ ފެންލައިޓުން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމުގެ ކުރިން އޭނާއާ އެކު އެހެން ގެއެއްގައި "މަސްތު ޕާޓީ" އެއްގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުން އިޒްދިޔާން މުހައްމަދު މައުމޫން އެ މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު އާއި އޭނާއާއެކު އުޅުނު މީހާ، އެހެން ޒުވާނުންތަކާކާއެކު ބުރާސްފަތި ދުވަހުގެ ރޭ ފުރަތަމަ ދިޔައީ "މާލޭގެ މެދުތެރޭގައި" ހުރި ގެއަކަށެވެ. ޔުމްނު އާއި އޭނާއާއެކު އުޅުނު މީހާ ދިޔައީ ފެންޓެނޯއީ އަށް ދިޔައީ އެއަށް ފަހު އެވެ.
އަދަދު އަށް އެނގިފައިވާގޮތުގައި ފުލުހުން ނަން ހާމަނުކުރި ގެއަކީ މއ. މާންދޫގޭދެކުނުގެ އެވެ. އެއީ ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީންގެ ގެ އެވެ. އިޒްދިޔާނަކީ އަމީނަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ.
ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ. މި މައްސަލައިގައި އޭނާއާއެކު އުޅުނު މީހާ ހައްޔަރެއް ނުކުރެ އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާ: ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ އިޒްދިޔާން މަގާމުން ވަކިކޮށްފި ޔުމްނު ވެއްޓުނު ހާދިސާ: ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ އިޒްދިޔާން މަގާމުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ