ވެއްޓުނު މީހާ ސްކޫލް ދުވަސްވަރު ކުދިންތަކެއްގެ ރޭޕުގެ މައްސަލައެއް ފަޅާއަރުވާލި؛ އޭނާގެ މައްޗަށް އަބުރުގެ ދައުވާ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގެއެއްގެ މަތިން ވެއްޓުނު ޒުވާން އަންހެން މީހާ އަކީ މީގެ ކުރިން ރޭޕްގެ މައްސައެއްގައި ހިމެނޭ ކުޑަކުދިންތަކެއްގެ ހައްގުގައި ފުލުހުންނަށް ބަޔާން ދީގެން، އެކަމުގައި ތުހުމަތުވާ ފިރިހެން މީހާ އޭނާގެ މައްޗަށް އަބުރުގެ ދައުވާއެއް އުފުލާފައިވާ ފަރާތެއްކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
އެނގުން މުހިންމު - ގިނަ ދުވަސްތަކަކަށް ފަހު އެ މައްސަލައިގެ އަޑުއެހުންތަކެއް ސިވިލް ކޯޓުގައި މިދިޔަ މަހު އަލުން ފަށައި އަޑުއެހުމެއް ބޭއްވިކަން، މައުލޫމާތު އެނގިހުރި އެކި ފަރާތްތަކުން މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ.
މައްސަލައިގެ ފެށުން - ސީއެޗްއެސްސީގައި ކިޔަވަމުން ދިޔަ އުމުރުން 18 އަހަރުގެ ފިރިހެން ދަރިވަރަކު އޭނާގެ އާއިލާގެ ބައެއް މީހުން ހިމެނޭ ގޮތަށް، އުމުރުން 18 އަހަރު ނުވާ 15 ކުއްޖަކު ރޭޕްކުރި ކަމަށް ތުހުތުވާ މައްސަލައެއް 2021 ވަނަ އަހަރު ފެންމަތިވި އެވެ. އެ މައްސަލައިގައި އޭރު ފުލުހުންނަށް ބަޔާން ދިން މީހުންގެ ތެރޭގައި، އޭރު ސީއެޗްސީގައި ކިޔަވަމުން ދިޔަ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ ހިމެނުނެވެ.
ޔުމްނު ބަޔާން ދިނީ ރޭޕްގެ ޝިކާރައަކަށްވީ ކުދިންގެ ތެރޭގައި ޔުމްނުގެ އާއިލާގެ ކުއްޖަކު ހުރުމުން ކަމަށް ވެސް އެނގިފައިވެ އެވެ. އެގޮތުން:
އެ މައްސަލަ ފުލުހުން ބަލާ ކަމަށް އެ ދުވަސްވަރު ފުލުހުން ބުނެފައިވޭ
ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ޔުމްނު އެ މައްސަލައިގައި ފުލުހުންނަށް ބަޔާން ދިނީ ސިއްރުން އަދި އޭނާއަކީ ކާކުކަން ނޭނގޭ ގޮތަށް ނުވަތަ ވިސްލްބްލޯވާއެއްގެ ގޮތުގަ އެވެ.
ނަމަވެސް ޔުމްނު ބަޔާންދިންކަން، ތުހުމަތު އަމާޒުވާ ފަރާތަށް ކޮންމެވެސް ގޮތަކުން އެނގިގެން، ޔުމްނުއަށް އެ މީހާ އިންޒާރު ދިން މައްސަލައެއް ވެސް އޭނާ އެ ދުވަސްވަރު ފެންމަތިކުރި ކަމަށް މައުލޫމާތު އެނގޭ ފަރާތުން ބުންޏެވެ.
އޭނާ ބުނި ގޮތުގައި:
އެ ފިރިހެން މީހާގެ ފަރާތުން 2022 ވަނަ އަހަރުގެ ތެރޭގައި ޔުމްނުުގެ މައްޗަށް އަބުރުގެ ދައުވާއެއް ސިވިލް ކޯޓުގައި ކުރި 
ތުހުމަތު އަމާޒުވާ މީހާއާ އާއިލީ ގުޅުންތަކެއް އޮތް ފުލުހުންގެ ބަޔަކު، ޔުމްނު ބަޔާންދިންކަން އެ ފިރިހެން މީހާއަށް ލީކް ކުރީ ކަމަށް
ނަމަވެސް ކޯޓަށް ހުށަހަޅާފައިވާ އަބުރުގެ ދައުވާގެ މައްސަލައިގައި އެ ފިރިހެން މީހާގެ ފަރާތުން ހަވާލާދީފައި ވަނީ، ޔުމްނު ކަމަށް ބުނާ މީހަކު އެ ދުވަސްވަރު ކުރި ސޯޝަލް މީޑިއާ ޕޯސްޓަކަށް ކަމަށް ވެސް މައުލޫމާތު އެނގިހުރި ފަރާތުން ބުނި
ނަމަވެސް ޔުމްނުއަށް އިންޒާރުދިންކަން ރަސްމީކޮށް ފުލުހަށް ހުށަހެޅިކަން ކަށަވަރެއް ނުކުރެވުނެވެ. އަދި ޔުމްނު ވެއްޓުމާއި އެ މައްސަލައާ ގުޅޭ ކަމެއް ވެސް އެނގިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ