މާލޭގެ އުސް އިމާރާތަކުން ވެއްޓި ވަރަށް ހާލުގައި އޮތް ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލައިގައި ފުލުހުން ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިފައި އޮއްވައި، ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހ. ފެންޓެނޯއީގެ އަށް ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނީ މި ހިނގާ އޭޕްރީލް 21، ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާއާއެކު އެއިރު އުޅުނު ރައުދު އަހުމަދު، 21، މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ނަމަވެސް ހައްޔަރެއް ނުކުރެ އެވެ. އަދި އިހުމާލުގެ މައްސަލައެއްގައި ވެސް އޭނާ ހައްޔަރެއް ނުކުރެ އެވެ.
ނަމަވެސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ގާނޫނު ހިންގުމުގައި އެއްވެސް މީހަކަށް ތަފާތުކޮށްފައި ނޯންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އަމަލު ކުރާނީ އެގޮތަށް ކަމަށެވެ.
"ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ގާނޫނުގެ ވެރިކަން [ރޫލް އޮފް ލޯ] މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަން، ނުވަސް ކުރާނަން. އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަހުމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫން ވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުނު ކަމަށް ބެލެވެނީ ފެންޓެނޯއީގެ އަށް ވަނަ ފަންގިފިލާއިން މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާއާއެކު ރައުދު އުޅުނު ނަމަވެސް ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުން ބުންޏެވެ. ވެއްޓުނުއިރު، ރައުދު އަދި ޔުމްނު ވެސް ތިބީ މަސްތުގެ ހާލުގައި ކަމަށް ބެެލެވެ އެވެ.
ޔުމްނު ވެއްޓުނު ފަހުން، ރައުދަށް އޭނާ ނުފެނިގެން ހޯދާ މަންޒަރު ފުލުހުން ދެއްކި ވީޑިއޯއަކުން ފެނެ އެވެ. އޭނާ ހޯދުމަށް ގާތްގަނޑަށް 30 މިނެޓު ރައުދު މަސައްކަތް ކުރި އެވެ. އޭގެ ފަހުން ފެންޓެނޯއީއިން ފައިބައިގެން އޭނާ ދިޔައީ އެވެ.
ފެންޓެނޯއީއިން ޔުމްނު ވެއްޓި ޖެހުނީ ދެ ބުރީގެ އުސްމިނަށް ހަދާފައިވާ ގުދަނެއްގެ ފުރާޅު މައްޗަށެވެ. ހޮސްޕިޓަލަށް ގެންގޮސް ޔުމްނުއަށް ފުރަތަަމަ ފަރުވާ ދިނީ ވެންޓިލޭޓަރު ގުޅައިގެންނެވެ. އެކަމަކު މިހާރު ވެންޓިލޭޓަރު ވަނީ ނަގައިފަ އެވެ. އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ