މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއީ ގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، 'ވެއްޓުނު' ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބަލައި ފާސްކުރީ މިނިސްޓަރު އަމީންގެ ގެ ކަމަށްވާ މއ. މާންދޫގޭ ދެކުނުގެ އަދި އެ މައްސަލައިގައި ހިމެނޭ އަމީނީ މަގުގައި ހުންނަ ކަށިވެލި އެވެ.
ފެންޓެނޯއި ގެއަށް ޔުމްނު ދިޔުމުގެ ކުރިން "މަސްތު ޕާޓީ" އަކަށް މިނިސްޓަރު އަމީންގެ ގެއަށް ދިޔަ ކަމަށް ތުހުމަތުތައް ވަނީ ކުރެވިފަ އެވެ. އެގޮތުން އެ ގެ ބަލައި ފާސްކުރީ އެކަމާ ގުޅޭ ހެކިތައް ހޯދުމަށް ކަމަށް ފުލުހުން މިއަދު ބުނެފައިވެ އެވެ.
ނަމަވެސް ހަ ދުވަސްވީ ފަހުން އެ ގެ ބަލައި ފާސްކުރަން އުޅޭތީ އެކަމަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ފޯނާއި ކެމެރާ ނުވެއްދޭ ގޮތަށް ސިއްރުކޮށްގެން އަންގާރަ ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީންގެ ގޭގެ ވާހަކަ ފުލުހުން ނުބުނެ އެވެ. އޭގެ ބަދަލުގައި ފުލުހުން ބުނީ ޕާޓީކުރީ "މާލޭގެ މެދުތެރޭގައި ހުރި" ގެއެއް ކަމަށެވެ. އަދި ކަށިވެލިގެއާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް ކުރިން ފުލުހުން ނުބުނެ އެވެ.
ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައި ވެއެވެ.
ޔުމްނު ވެއްޓުނު ހާދިސާ: ހަ ދުވަސްވީ ފަހުން މިނިސްޓަރު އަމީންގެ ގެ ބަލައި ފާސްކޮށްފި ޔުމްނު ވެއްޓުނު ހާދިސާ: ހަ ދުވަސްވީ ފަހުން މިނިސްޓަރު އަމީންގެ ގެ ބަލައި ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ