ކާޑު ޑޭޓާ ކޮމްޕްރޮމައިޒްވެގެން ހިނގާ މުއާމަލާތްތަކުން ކަސްޓަމަރުންނަށް މާލީ ގެއްލުމެއް ނުވާނެ: ބީއެމްއެލް
ކާޑުގެ މައުލޫމާތު ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ވެސް ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.ބީއެމްއެލްއިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ބޭންކުގެ ކާޑު އަދި ޕޭމަންޓް ސިސްޓަމްތައް ގާއިމްކޮށްފައި ވަނީ ޕޭމަންޓް ކާޑު އިންޑަސްޓްރީ ޑޭޓާ ސެކިއުރިޓީ ސްޓޭންޑަޑްތަކާ އެއްގޮތަށް ކަމަށެވެ.އެގޮތުން، ބީއެމްއެލްއިން ވިސާ ތްރީޑީ ސެކުއާ، މާސްޓާ ކާޑު ސެކުއަކޯޑް އަދި އެމެރިކަން އެކްސްޕްރެސް ސޭފްކީ ފަދަ ބައިނަލްއަޤްވާމީ ކާޑު އެސޯސިއޭޝަންތަކުގެ ސެކިއުރިޓީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.އެހެންކަމުން، އޮންލައިންކޮށް ކާޑުން ކުރެވޭ ހުރިހާ މުއާމަލާތްތަކަކަށް އެކަށީގެންވާ ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގައި، މަލްޓި ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރެވޭކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ކާޑު އަދި ޕޭމަންޓް ސިސްޓަމްތައް ގާއިމްކޮށްފައި ވަނީ ޕޭމަންޓް ކާޑު އިންޑަސްޓްރީ ޑޭޓާ ސެކިއުރިޓީ ސްޓޭންޑަޑްސްތަކާ އެއްގޮތަށް ކަމަށެވެ. އަދި ވިސާ ތްރީޑީ ސެކުއާ، މާސްޓާކާޑު ސެކުއާކޯޑް އަދި އެމެރިކަން އެކްސްޕްރެސް ސޭފްކީ ފަދަ ބައިނަލްއަގުވާމީ ކާޑު އެސޯސިއޭޝަންތަކުގެ ސެކިއުރިޓީ މިންގަނޑުތަކާ އެއްގޮތަށް އެ ބެންކުން އަމަލުކުރަމުންދާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.ބީއެމްއެލްއިން ބުނީ އޮންލައިންކޮށް ކާޑުން ކުރެވޭ ހުރިހާ މުއާމަލާތްތަކަށް އެކަށީގެންވާ ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގައި، މަލްޓި-ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރަމުން އަންނަ ކަމަށެވެ.ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާޗަންޓުންނާއި އީ-ކޮމާސް މާޗަންޓުންގެ ސިސްޓަމްތައް ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ކާޑުތަކުގެ ބައެއް މައުލޫމާތު ވަކި ޕަބްލިކް ޑޮމެއިންތަކުގައި ފެންނަން ހުރެދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމްވެފައިވާ، ކާޑު ދޫކުރާ ފަރާތްތަކުގެ އެތައް މިލިއަން ކަސްޓަމަރުންނަށް ދިމާވާ ހާލަތެއް ކަމަށާއި ކާޑު ކޮމްޕްރޮމައިޒްވެ ހިނގާ މުއާމަލާތްތަކުގައި ކަސްޓަމަރުންނަށް މާލީ ގެއްލުން ނުވާނެ ކަމަށް ބުންޏެވެ.ދާދި ފަހުން ބީއެމްއެލްގެ ކާޑުތަކެއް ކޮމްޕްރޮމައިޒްވެ، ފައިސާގެ މުއާމަލާތްތަކެއް ހިނގާފައިވާކަމަށް ދައްކާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެކުރިން ބީއެމްއެލް ކާޑުގެ މައުލޫމަތު ކޮމްޕްރޮމައިޒް ވުމުގެ ހާދިސާތައް ހިނގާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ