ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 3އިން ވަގުތީ ގޮތުން ކަރަންޓް ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ޢާންމުކުރި އިޢުލާނެއްގައި ބުނީ، ހިޔާ ޓަވަރުތަކުގައި ކުރަންޖެހޭ އަސާސީ މަސައްކަތްތަކެއް ތަފާތު ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، މިއަދު ހެނދުނު 9:15 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް، ހިޔާ ޓަވަރު 3 އިން ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓް ކެނޑިދާނެކަމަށެވެ.
ސްޓެލްކޯއިން އާއްމުކުރި އިއުލާނު
ސްޓެލްކޯއިން އިތުރަށް ބަޔާންކޮށްފައިވަނީ، މި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ އުނދަގޫތަކަށް ހިތާމަކުރާ ކަމަށާއި، އެކަމަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށެވެ. އަދި މި މަސައްކަތަކީ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރައްކާތެރިކަން ޔަޤީންކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއްކަންވެސް ފާހަގަކޮށްފައިވެއެވެ.
ހިޔާ ޓަވަރު 3އިން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ