ޔުނައިޓެޑުން ކުންޏާގެ ޑީލް ނިންމުމާ ގާތަށް ޔުނައިޓެޑުން ކުންޏާގެ ޑީލް ނިންމުމާ ގާތަށް

މެންޗެސްޓާ (މެއި 20) - މެންޗެސްޓާ ޔުނައިޓެޑުން ވުލްވްސް އަށް ކުޅޭ ބްރެޒިލް ގައުމީ ޓީމުގެ ފޯވާޑް މަޓެއުސް ކޫންޏާގެ ސޮއި ހޯދުމާ ގާތަށް ޖެހިލައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ކޫންޏާ ވަނީ ވުލްވްސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު ހަތަރު އަހަރަށް އާ ކޮށްފަ އެވެ. އެކަމަކު، އެ އެއްބަސްވުން ހެދިތާ ފަސް ވަރަކަށް މަސް ނުވަނިސް، ކޫންޏާ، 25، އަންނަނީ ޔުނައިޓެޑާ އެކު ޓްރާންސްފާއެއްގެ މަޝްވަރާތައް ކުރަމުންނެވެ.
ކުންޏާގެ ސޮއި ހޯދަން ޔުނައިޓެޑުން ޖުމްލަ އެކު، 70 މިލިއަން ޑޮލަރު ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް އެ ކްލަބް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގައި އަންނަ ސީޒަނަށް ހަތަރު ކުޅުންތެރިއަކުގެ ސޮއި ހޯދަން ބޭނުންވެ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ، ކޫންޏާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑަށް ރަނގަޅު ފޯވާޑެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން، އަމޮރިމް ދެން ހުށަހަޅާފައިވަނީ، އިޕްސްވިޗް ޓައުން އަށް ކުޅޭ ލިއަމް ޑެލަޕް އަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ބްރެޒިލްގެ ކޮރިޓީބާގެ ޔޫތު ޓީމުން ކުޅެން ފެށި ކޫންޏާ، ޕްރޮފެޝަނަލްކޮށް ކުޅެން ފެށީ، ސްވިޒަލެންޑްގެ ކްލަބް ސިއޯން އިންނެވެ. އޭގެ ފަހުން، އޭނާ ވަނީ އާރްބީ ލައިޕްޒިގު އާއި ހާތާ ބާލިން އަށް ޖަރުމަނު ލީގުގައި ކުޅެފަ އެވެ. ހާތާ ދޫކޮށް، 2021 ވަނަ އަހަރު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ކޫންޏާ ވަނީ 35 މިލިއަން ޑޮލަރަށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފަ އެެވެ.
އެތުލެޓިކޯގައި ހުރެފައި، ކޫންޏާ، އެންމެ ފުރަތަމަ ވުލްވްސް އަށް ކުޅުނީ ލޯން ޑީލެއްގަ އެވެ. އެ ގޮތުން، 2023 ވަނަ އަހަރު ކުންޏާ، ލޯނަކަށް ވުލްވްސްއާ ގުޅުނުއިރު، އެއްބަސްވެވުނީ ބައެއް ކަންކަން ހާސިލްކުރެވިއްޖެނަމަ، ދާއިމީ ކޮންޓްރެކްޓެއްގައި ވުލްވްސް އަށް ކުންޏާ ބަދަލުވާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ