ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
އެގޮތުން، މާލެ، ހުޅުމާލެ، ވިލިނގިލި އަދި ހުޅުލެއިން ކަރަންޓު ކެނޑިފައިވަނީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި. މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވެއެވެ.
އެއާޕޯޓުން ކަރަންޓު ކެނޑިފައިވާކަން އެމްއޭސީއެލްއިން ހާމަކޮށްފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑިއްޖެ އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ