މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ އެވެ.
ވީ ކިހިނެއް؟ - ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު 12:30 އެހާއިރު އެވެ. ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ވެސް ބުނީ ހުޅުމާލެއިން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
ސްޓެލްކޯގެ ބަސް - ސްޓެލްކޯއިން މައާފަށް އެދެމުން ބުނީ ކަރަންޓް ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ދެނެގަނެ ކަރަންޓް ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
"މުޅި މާލެ އާއި ހުޅުމާލެ މިވަގުތު އޮތީ ބްލެކްއައުޓެއްގައި،" ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި އެވެ.
މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ