ސަރުކާރުގެ މައި ހޮސްޕިޓަލް (އައީޖީއެމްއެޗް)ގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާކުރާ ހަލީމަތު ލަމްހާގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ފިލިޕީންސަށް ނިސްބަތްވާ މޭރީގެ މަރުގެ މައްސަލައިގައި ލަމްހާއަށް ވަނީ ތިން ދައުވާއެއްކޮށްފައެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ.
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ވެސް ދައުވާކޮށްފައި ވެއެވެ. މާވިންއަށް ދައުވާ ކުރަނީ މޭރީގެ ބޮލަށާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާ ކަމަށް ތުހުމަތުކޮށެވެ.
މި ދެމީހުންނަށް ކުރާ ދައުވާތަކުގައި އަޑު އެހުންތައް ކުރިއަށް ގެންދަނީ ކްރިމިނަލް ކޯޓުގައި ވަކިވަކިންނެވެ.
މައްސަލައިގައި މިއަދުގެ އަޑުއެހުމުގައި 4 މީހެއްގެ ހެކިބަސް ނަގާފައިވާއިރު މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ދައުލަތުން ހުށައެޅި ހެކިންގެ ތެރެއިން ބާކީ 50 އެއްހާ މީހުންގެ ހެކިބަސް ނެގުން އަދި ކުރިއަށް އެބައޮތްކަމަށެވެ.
އަދި ފާއިޒްވަނީ ލަމްހާ ބަންދުން ދޫނުކުރެވެން ކުރިން ނިންމާފައިވާ ސަބަބު އަދިވެސް އެ އޮތްގޮތުގައި އޮތުމުގެ ސަބަބުން ބަންދަށް ލު ނުލިބޭނެކަން އަންގާފައެވެ.
ލަމްހާގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ