ޕާމަނަންޓް ސެކެޓްރީންނާއި ކައުންސިލްތަކުގެ އެސްޖީންގެ މުސާރަ ބޮޑުތަނުން ކުޑަކޮށްފި

ޕާމަނަންޓް ސެކެޓްރީންނާއި ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) އިން ގެ މުސާރަ އާއި އިނާޔަތްތައް އޮގަސްޓް 1، އިން ފެށިގެން ބޮޑުތަނުން ކުޑަކުރަން ނެޝަނަލް ޕޭ ކޮމިޝަނުން ނިންމާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ. 
އަދަދު އަށް އެނގިފައިވާ ގޮތުގައި ޑިޕްލޮމާ އާއި ތަޖުރިބާ ލިބިފައިވާ ރަށު ކައުންސިލްތަކުގެ އެސްޖީންގެ މުސާރައިން 15،000ރ. ކުޑަކޮށްފައިވާއިރު، ރަށު ކައުންސިލްތަކުގައި ޑިޕްލޮމާއަށްވުރެ މަތިން ތައުލީމު ހާސިލުކޮށްފައިވާ އެސްޖީންގެ މުސާރައިން 10،000ރ. ވަނީ ކުޑަކޮށްފަ އެވެ. އޭގެއިތުރުން ޕާމަނަންޓް ސެކެޓްރީންނާއި ސިޓީ ކައުންސިލްގެ އެސްޖީންގެ މުސާރައިން 6،000ރ ވަނީ ކުޑަކޮށްފަ އެވެ. 
MU STORE
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
ޕާމަނަންޓް ސެކެޓްރީންނާއި ކައުންސިލްތަކުގެ އެސްޖީންގެ މުސާރަތަކަށް އައި ބަދަލު:
މި ނޫހާ ވާހަކަ ދެއްކެވި ބައެއް ކައުންސިލްތަކުގެ އެސްޖީން އަދި ޕާމަނަންޓް ސެކެޓްރީން ވަނީ ކުއްލި ގޮތަކަށް މުސާރަ ކުޑަކުރުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެބޭފުޅުން ވިދާޅުވީ މުސާރަ ކުޑަކުރީ އެއްވެސް މަޝްވަރާކުރުމެއް ނެތި ކަމަށެވެ. 
އައިސީޓީ އޮޕަރޭޝަންސް އެންޑް ޔޫޒާ ސަޕޯޓް ޓެކްނީޝަނުންގެ ޖޮބް މެޓްރިކްސް އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ މެނޭޖަރުންގެ ޖޮބް މެޓްރިކްސް އަދި، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެނަލިސްޓުންގެ ޖޮބް މެޓްރިކްސްގެ މުސާރަ އާއި އިނާޔަތްތައްވެސް ޖުލައި 1، އިން ފެށިގެން ޕޭ ކޮމިޝަނުން ވަނީ ބަދަލުކޮށްފައި ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ. 
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އުވާލި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ގެ މަގާމު ނުގެއްލޭނެކަމުގެ ޔަގީންކަން މިދިޔަ މެއި މަހު ދިނުމަށްފަހު، ކުއްލިއަކަށް މިދިޔަ ޖޫން މަހު އެސްޖީންގެ މަގާމު ވަނީ އުވާލާފަ އެވެ. 
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން 33 ޕަސަންޓު މުވައްޒަފުން ތިން މަސް ތެރޭގައި ވަކިކުރަން ޕީސީބީން ވަނީ އެސްއޯއީތަކަށް އަންގާފަ އެވެ. އެއާއެކު މުވައްޒަފުން ވަކިކުރުމުގެ މަސައްކަތްތައް ކުންފުނިތަކުން ވަނީ ފަށައިފަ އެވެ. 
މިކަމާ ގުޅިގެން އެމްޑީޕީން ބުނީ އެސްއޯއީތަކުން ޖުމްލަ 14،733 މުވައްޒަފުން ކަނޑާލަން ޖެހޭނެ ކަމަށާއި އޭގެ ސަބަބުން 50،000 މީހުންނަށް އަސަރުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ