ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ ނިޔަތް އެބައޮތް، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް މަސައްކަތް ކުރަން: ފައިސަލް

ގައުމަށް ހެޔޮވެރިކަމެއްކޮށްދީ، ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލެއް ގެނެސްދިނުމަށްޓަކައި 2028 ގެ ރިޔާސީ ރޭހުގައި ވާދަކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވައި އެކަމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާއި ގުޅޭގޮތުން ސުވާލު ކުރުމުން ފައިސަލް ވިދާޅުވީ ދާޅުވީ، ގައުމުގައި ރަނގަޅު ހެޔޮ ވެރިކަމެއްކޮށް، ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުމުގެ މަސައްކަތް ކުރުމަށް އެމަނިކުފާނުގެ ޝައުގުވެރިކަން އެބައޮތް ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ރައްޔިތުން އެދެނީ ހެޔޮ ބަދަލަކަށްކަމަށް ގަބޫލުކުރައްވާކަމަށާއި، އެ ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައްކުރައްވާނެކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމެވެ.
އެމްޑީޕީއަށް ވެރިކަން ލިބި، ރައްޔިތުންނަށް އަނެއްކާވެސް މި އަނބުރާ ނެގި ބާރުތައް ދީ، ތަރައްޤީއާއި ފަސޭހަ ކަމާއި ހަމަހަމަކަން ގެނެވޭނެ، އެ މަސައްކަތަށް މަގުފަހިކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް އަޅުގަނޑު ކުރާނަން
ފައިސަލް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު މި މަސައްކަތުގައި ދެމިހުންނަވަނީ ގައުމަށް ހެޔޮއެދޭތީ އާއި ރައްޔިތުންނަށް ބޭނުންވާ ކުރިއެރުން ހޯދައިދިނުމުގެ ސީދާ މަގްސަދުގައެވެ. އަދި ވެރިކަމުގެ ޝައުގުވެރިކަން ދާދިފަހުން ފާޅުކުރައްވާފައިވާނެ ކަން ފާހަގަކުރައްވަމުން، މިއަދުވެސް އެ ޝައުގުވެރިކަމާއި އަމާޒު ހުރީ އެގޮތުގައިކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ