އިންތިޚާބަށް ދައުލަތުގެ މުދާ އަދި ދައުލަތުގެ މީޑިޔާ ބޭނުންކުރަމުން ގެންދިޔުމާއި މެދު ކަންބޮޑުވުން ފާލުކޮށް އެކަމަށް ހައްލު ހޯދުމަށް ރައްޔިތުން މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
އެގޮތުން މިއަދު ބޭއްވުނު ރައްޔިތުން މަޖްލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ މިދިޔަ ހަފްތާގައި ޔޫރޮޕިއަން ޔޫނިއަންގެ އިލެކްޝަން
އޮބްޒަވޭޝަން ޓީމެއް މަޖްލީހަށް ވަޑައިގެންނެވި ކަމަށެވެ.
އަދި އެ ބޭފުޅުންނާއި ރައީސް ނަޝީދު ބައްދަލު ކުރެއްވި ކަމަށާއި އެބޭފުޅުން ފާހަގަ ކުރެއްވާފައިވާ ކަންބޮޑުވުންތައް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިންތިހާބު ތަކާއި ބެހޭ ގާނޫނު އިސްލާހުކުރާ ބިލުން ފެންނާކަށް ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
Advertisement
"އެހެންމަ މިކަންކަން ފާހަގަކޮށްލުމަކީ އަޅުގަނޑު ގެ ނަޒަރުގައި ބޭނުންތެރި
ކަމެއް. ހާއްސަކޮށް ދައުލަތުގެ މުދާ އިލެކްޝަނަށް ބޭނުންކުރުމާއި އަދި ދައުލަތުގެ
މީޑިޔާ ހަމަ އެކަނި ވެރިކަމުުުގެ ފަރާތުން ބޭނުން ކުރަމުން ގެންދިޔުން މި ދެ
ކަންތައް އެބޭފުޅުންގެ ކަންބޮޑުވުމުގެ ގޮތުގައި ފާހަގަ ކުރެއްވި." ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އެކަންކަމާއި ގުޅޭ ގާނޫނީ
ހައްލު ލިބުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކިވަޑާއިގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އިންތިޚާބަށް ދައުލަތުގެ މުދާ އަދި މީޑިޔާ ބޭނުންކުރަމުންދާ ދިޔުމަށް ހައްލު ބޭނުންވޭ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ