މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެެ ބައި-އިލެކްޝަންގައި ވާދަކުރައްވާނެެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށިއްޖެއެވެ.
މާލެއާއި ގުރައިދޫ ދާއިރާގެ ރަށްރަށުގައި މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވޯޓުލުން ކުރިއަށްގެންދާއިރު މި ޕްރައިމަރީގައި 4 ކެނޑިޑޭޓަކު ކުރިމަތިލައްވައެވެ.
ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ:
މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މިވަނީ، އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.
އެމްްޑީޕީން އެދާއިރާއަށް ކުރިމަތިލާނެެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ އިންތިޚާބު މިއަދު ކުރިއަށްދާއިރު، އެ ދާއިރާއަށް އިދިކޮޅުން ކެނޑިޑޭޓެއްގެ ގޮތުގައި ނެރުމަށްް ޓިކެޓު އަރުވާފައިވަނީ ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއަަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުކަމަށް ނިންމައި އިލެކްޝަންސް ކޮމިޝަނުންވަނީ އެކަން އިއުލާނުކޮށްފައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އެމްޑީޕީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ