ހައްޖަށް މީހުން ގެންދިޔުމަށް ހުށައަޅާ އަގަށްވުރެ ޑަބަލް އަގު މީހުން އަތުން އަތުލާ: ޝެއިޚު އަބްދުالله

ހައްޖަށް މީހުން ގެންދިޔުމަށް ހުށައަޅާ އަގަށްވުރެ ޑަބަލް އަގު މީހުން އަތުން އަތުލާ ކަމަށާ، އެއީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަބްދުالله ބިން މުހައްމަދު ވިދާޅުވެއްޖެއެވެ. 
ޝެއިޚް އަބްދުالله ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޙައްޖުގެ ކޯޓާއަށް އެދި ގުރޫޕްތަކުން ހުށަހެޅި އެންމެ ބޮޑު އަގަކަށް އޮތީ 75،465ރ ކަމަށެވެ. އެހެން ނަމަވެސް
އެ ގްރޫޕުތަކުން ޖާގަ ލިބެނީ ޑަބަލް އަގު ބޮޑުކޮށް ފައިސާ ދައްކައިގެން ކަމަށް ޝެއިޚް ވިދާޅުވި އެވެ. 
ޝެއިޚު އަބްދުالله އިތުރަށް ވިދާޅުވީ، ގުރޫޕްތަކުން ބޮޑު އަގު ނަގާކަން އިސްލާމިކް މިނިސްޓްރީއަށް ވަންހަނާ ނުވާނެ ކަމަށެވެ. 
Advertisement
"ހުށައަޅާ އަގަށްވުރެ ބޮޑުއަގު މީހުން އަތުން އަތުލުމަކީ ހުއްދަވާނެކަމެއްނޫނެވެ." ޝެއިޚް އަބްދުالله ވިދާޅުވި އެވެ. 
މި އަހަރު ރާއްޖެ އިން، އަގު ހެޔޮކޮށް ހައްޖަށް މީހުން ގެންދިއުމަށް ތިން ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވެ އެވެ. އެއީ؛
• އަލްހަރަމައިން ހައްޖު އެންޑް އުމްރާ (75،250ރ.)
• ސިސިލްފަރު ހައްޖު އެންޑް އުމްރާ (75،465ރ.)
• އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް (75،000ރ.)
ރާއްޖެއަށް ލިބިފައިވާ 1،000 ހައްޖު ކޯޓާގެ ތެރެއިން، އެ އިން ކޮންމެ ކުންފުންޏަކަށް ދޫކުރީ 90 ޖާގަ އެވެ. ބާކީ ޖާގަތައް ދޫކުރަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނަށެވެ.
އެ ކުންފުނި ތަކުން، މީހުން ގެންދިޔުމަށް އެ އަގުތައް ކަނޑައަޅާފައި ވީ ނަމަވެސް، އެއަށްވުރެ އިންތިހާއަށް ބޮޑެތި އަގުތައް ކިޔާ ކަމުގެ ޝަކުވާ އާއްމުން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ