މި ފަހަރު އަރަން ޖެހޭނީ ގާސިމް ފަހަތަށް: ނަވާޒް

އެހެން ޕާޓީތަކުން މި ފަހަރު އަރަން ޖެހޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަހަތަށް ކަމަށް އެމަނިކުފާނުގެ އެޑްވައިޒަރު އަބްދުﷲ ނަވާޒް ވިދާޅުވެއްޖެ އެވެ.
ނަވާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފަހަރު އަރާ ބަޔަކު އަރަން ޖެހޭނީ ގާސިމްގެ ފަހަތަށް ކަމަށާއި މިއީ ގާސިމްގެ ފަހަރު ކަމަށެވެ.
"މި ފަހަރު އަރާ ބަޔަކު އަރަން ޖެހޭނީ ގާސިމް އިބްރާހިމްގެ ފަހަތްޕުޅަށް. މި ފަހަރު ލީޑަރު ވިދާޅުވަނީ އިނަފް އިސް އިނަފް އޭ." ނަވާޒް ވިދާޅުވި އެވެ.
Insha Allah …. Mifaharu araabayaku aranjeheynee @qasimibrahim fahaypulhah…. Mifaharu Leader vidhaalhuvaanee enough is enough Ey …. Allah ge iraadhafulhulhaa eku mee leader ge faharu …. #Qasim2023
— Abdullanawaz (@abdullanawa) March 1, 2023
ރިޔާސީ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން ވާދަކުރުމާ ގުޅޭ ގަރާރު އެ ޕާޓީގެ ގައުމީ ޖަލްސާ އިން ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރު ޖޭޕީގެ ގައުމީ ޖަލްސާ އިން ފާސްކުރުމުން ދެން އެ ނިންމުން ގެންދާނީ އެ ޕާޓީގެ ކައުންސިލަށެވެ. ޖޭޕީ ރިޔާސީ އިންތިހާބުގައި ވާދަކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ އެޕާޓީގެ ކައުންސިލުންނެވެ.
ޖޭޕީގެ ލީޑަރު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާފައިވާއިރު ގާސިމް ވަނީ މި ބައްދަލުކުރެއްވުމުގައި ދެކެވުނީ ސިޔާސީ ވާހަކަތައް ކަމަށާއި އެގޮތުން ކުރިއަށް އޮތް އިންތިހާބަށް ކޯލިޝަނެއް އޮންނާނެތޯ ނުވަތަ ނޫންތޯ މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރެއްވުމާ މެދު ގޮތެއް ނުނިންމަވާ ކަމަށާއި އޭނާ އަމަލުކުރައްވާނީ ޕާޓީގެ ކައުންސިލުން ނިންމާ ގޮތަކަށް ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
މީގެއިތުރުން ގާސިމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާގެ ރަނިން މޭޓަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސަން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ