ރޯދަމަހުގެ އޮޕަރޭޝަންތައް އަވަސްކުރުމަށް އެމްޕީއެލަށް އައު 4 އުޅަނދު

ރޯދަ މަހާއި ދިމާކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު އުޅަނދުތައް ގެނެސްފިއެވެ. އެމްޕީއެލްއިން ރޯދަމާހާއި ދިމާކޮށް އަލަށް ގެނެސްފައިވަނީ 4 "ރީޗް ސްޓެކަރސް"އެވެ.
ކޮންމެ އަހަރެއްގެވެސް ރޯދަމަހު ގިނަ ޢަދަދެއް މުދާ އެތެރެކުރަންޖެހުމާއި ގުޅިގެން އެމްޕީއެލްއަށް ބާރުބޮޑުވެއެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޕީއެލްއިން ވިދާޅުވީ، 4 އުޅަނދު ގެނައުމުގެ މަޤްޞަދަކީ އެޕަރޭޝަންތައް އަވަސްކުރުންކަމަށެވެ. މީގެސަބަބުން، 40 ފޫޓުގެ ކޮންޓެއިނަރ ފުލް ލޯޑްގައި ލޭންޑިންގ ކްރާޕްޓްތަކަށް ލޯޑްކޮށްގެން މާލޭގެ ޕޯޓާއި ހަމައަށް ގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ރޯދަމަހުވެސް ރާއްޖެއަށް އެތެރެކުރި ކާބޯތަކެތީގެ ޢަދަދު ވަނީ ފާއިތުވި ތިން އަހަރުގެ ރޯދަމަހަށްވުރެ އިތުރުވެފައެވެ. ރޯދަމަހާއި ދިމާކޮށް މައިގަނޑު ގޮތެއްގައި އެންމެ ގިނައިން އެތެރެކުރާ މުދަލަކީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗެވެ. މީގެ ކުރީގެ ރޯދަ މަސްތަކުގައިވެސް ބޯޓު ބަނދަރުކުރާ ވަގުތު، މުދާ ހުސްކުރުމަށް ލޮރީފަދަ ތަކެތި ތައްޔާރަށް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.
އާންމު ގޮތެއްގައި ރާއްޖެ ގެންނަ މުދަލުގެ ބޮޑުބަޔަކީ ކެއިންބުއިމަށް ބޭނުންކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗަށްވާތީ މިތަކެތި ހުސްކުރާނަމަ ހެނދުނު 9:00 ފެށިގެން ދަންވަރާ ހަމައަށް ހުއްޓާނުލާ މަސައްކަތް ކުރަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ