މާލޭ ބޮޑުތަކުރުފާނު މަގު، ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ހިނގި އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެނަކާއި ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ.
16 އަހަރުގެ ކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓުގައި ސައިކަލު ދުއްވި 19 އަހަރުގެ ޒުވާނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނެތްއިރު، އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.
ފުލުހުން އެންމެ ފަހުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި މިދިޔަ ހަފްތާގައި އެކަނިވެސް މާލޭގެ މަގުތަކުގައި 38 އެކްސިޑެންޓު ހިނގި އެވެ. އޭގެ ތެރެއިން 11 އެކްސިޑެންޓު ހިނގީ މިދިޔަ ހޮނިހިރު ދުވަހުކަން އެ މުއައްސަސާއިން ފާހަގަކުރި އެވެ.
މާލޭގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ މާލޭގައި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ