މިއަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ބްރޮންޒް ސްޕޮންސަރެއްގެ ގޮތުގައި އެލައިޑް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ބްރޮންޒް ސްޕޮންސަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރަންސް ހަމަޖައްސައިފިއެވެ.
މިކަމުގެ އެއްބަސވްުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އަންޑަ ރައިޓިންގ އޮފިސަރު އިލިއާނާ ރޫސޭއެވެ. އަދި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީ.އީ.އޯ މުޙައްމަދު މުޢީނެވެ. 
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި މެރިޓައިމް، ލޮޖިސްޓިކްސް އަދި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭއްވޭ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. 
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރަންސްގެ ޚިދުމަތް ދޭ ކުންފުނީގެ ހައިސިއްޔަތުން، އެލައިޑުން އަބަދުވެސް ގަބޫލުކުރަނީ ރާއްޖޭގެ ވިޔަފާރިއާއި ފަތުރުވެރިކަން ދެމެހެއްޓުމުގައި ބަނދަރުތަކާއި، ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްއަކީ އެންމެ މުހިންމު އެއް ދާއިރާގެ ގޮތުގައެވެ.
މިފަހަރު ބޭއްވިގެންދާ ކޮންފަރެންސްގައި މި ސަރަހައްދުގެ ދާއިރާގެ ކަމާބެހޭ މާހިރުން ބައިވެރިވެ، ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އަންނަ އައު ބަދަލުތަކާއި، އުސޫލުތަކުގެ އިތުރުން އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރާނެއެވެ. އެލައިޑް އިންޝުއަރަންސުން ބުނީ މިފަދަ މަޝްވަރާތަކުގައި ބައިވެރިވެ، ދާއިރާގެ ބައިވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.
އަދި މިފަދަ ކޮންފަރެންސެއްގައި އެލައިޑަށް ބައިވެރިވާން ލިބުނުކަމީ، ރާއްޖޭގެ މެރިޓައިމް ސެކްޓަރު ކުރިއެރުވުމަށް އިންޝުއަރަންސްގެ ހިދުމަތްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން ލިބިގެންދާނޭ މުހިންމު ފުރުސަތެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ