އުރީދޫން މި ރޯދަމަހު ކަރާ ފެޅުމާއި އަގުހުރި އިނާމުތައް ހިމެނޭ އޮފާތަކެއް

އުރީދޫން މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ތަފާތު ޑިޖިޓަލް ތަޖުރިބާއެއް ގެނެސްދިނުމަށްޓަކައި 'އުރީދޫ ކަރާފެޅުން' އަދި ހާއްސަ އޮފާތަކެއް މިއަދު ތައާރަފްކޮށްފި އެވެ.
މި އަހަރުގެ ކެމްޕޭނު ވީޑިއޯގައި ފެނިގެންދަނީ އާދަޔާ ހިލާފު ޗެލެންޖަކާއި ކުރިމަތިލާން ޖެހޭ ފަސް މީހަކަށް ދިމާވާ ހާދިސާއެކެވެ.
މި ކެމްޕެއިންގެ ދަށުން އުރީދޫ ކަރާފެޅުން ގޭމް ސުޕައެޕް މެދުވެރިކޮށް ރޯދަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުޅެވޭނެ އެވެ.
ކާރާ ފެޅުމަށް ވާދަކުރާ ދެ ޓީމުގެ ތެރެއިން އެއް ޓީމާ ކުޅުންތެރިން ބައިވެރިވާނެ އެވެ.
ބޮޑު އިނާމެއްގެ ގޮތުގައި 100،000ރ.ގެ ހާއްސަ ބަންޑަލްއެއް ލިބޭނެ އެވެ. އެގޮތުން:
ޑީޖޭއައި މިނީ 5 ޕްރޯ ފްލައި މޯ ކޮމްބޯ ޕްލަސް ޑްރޯން
ޑީޖޭއައި ނިއޯ 2 މޯޝަން ފްލައި މޯ ކޮމްބޯ ޑްރޯން
އޮސްމޯ އެކްޝަން 6 އެޑްވެންޗާ ކޮމްބޯ
ޑީޖޭއައި ޕޮކެޓް 3 ކްރިއޭޓަރ ކޮމްބޯ
އެޕަލް ޕެންސިލް އާއެކު އައިޕެޑް އެއާ
މެކްބުކް އެއަރ އެމް5
އައިފޯން 17 ޕްރޯ (256 ޖީބީ)
މީގެ އިތުރުން ކޮންމެ ދުވަހަކު ކަރާ ފެޅުން ކުޅެގެން ރޯދަ މަހު ހިލޭ ޑޭޓާ، ފައިސާގެ އިނާމު އަދި އެހެނިހެން ހިތްގައިމު ހަދިޔާތައް ވެސް ލިބޭނެ އެވެ.
ރޯދަ މަހު އުރީދޫގެ ސުޕަނެޓުގެ އެކްސްޕީރިއަންސް އިތުރަށް ވަނީ ރަނގަޅުކޮށްފަ އެވެ. އެގޮތުން، ހޮވާލެވޭ ސުޕަނެޓް ޕެކޭޖްތަކަށް ހިލޭ ސްޕީޑް އަޕްގްރޭޑް ލިބިގެންދާނެ އެވެ.
އަޕްގްރޭޑްކޮށްފައިވާ ސްޕީޑްތަކުގެ ތެރޭގައި:
ސުޕަނެޓް އަންލިމިޓެޑް 30 އެމްއަށް 100 އެމްބީޕީއެސް
ސުޕަނެޓް އަންލިމިޓެޑް 50 އެމްއަށް 150 އެމްބީޕީއެސް
ސުޕަނެޓް އަންލިމިޓެޑް 100 އެމްއަށް 200 އެމްބީޕީއެސް
ސުޕަނެޓް އަންލިމިޓެޑް 200 އެމްއަށް 250 އެމްބީޕީއެސް
މި އަޕްގްރޭޑްތަކުގެ ބޭނުމަކީ މުޅި މަހު ގުޅުން ދެމެހެއްޓުމަށް އެހީތެރިވެދިނުމެވެ. އަދި މިއީ އުރީދުއަށް ލިބުނު އޫކްލާ ބެސްޓް ފިކްސްޑް ނެޓްވޯކްގެ އުފަލުގައި ކަސްޓަމަރުންނަށް ދޭ ހަދިޔާއެކެވެ.
ރޯދަ މަހުގެ ހަރަކާތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އުރީދޫން ހާރުދަން ޕެކްތަކެއް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން، އުރީދޫ އެޕް މެދުވެރިކޮށް މެންދަމު 1 އިން ފަތިހު 5އަށް މި ޕެކްތައް ލިބޭނެ އެވެ.
ޑޭޓާ ޕެކް: ރެގިއުލަ 5 ޖީބީ ޑޭޓާ 35ރ. (24 ގަޑިއިރަށް ލިބޭނެ)
ވޮއިސް ޕެކް: އަންލިމިޓެޑް ކޯލް އުރީދޫއަށް 10ރ. (24 ގަޑިއިރަށް ދެމިގެންދާނެ)
މި ޕެކްތަކަކީ ހަމައެކަނި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕެކެކެވެ. އެޕްގައި ކައުންޓްޑައުން ޓައިމަރުން ދެން އެކްޓިވޭޓް ކުރެވޭނެ ޕީރިއަޑް ދައްކާނެ އެވެ.
އުރީދޫން ވެލިއު ޝެއާ ޕްލަސް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން، ޖުމްލަ 100 ޖީބީ ޑޭޓާ ލިބޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
40 ޖީބީ ޕާސަނަލް ޑޭޓާ
60 ޖީބީ ޝެއާޑް ޑޭޓާ (30 ޖީބީ + 30 ޖީބީ ޝެއާ ކުރުން)
މިއީ 10 ދުވަހުގެ މުއްދަތަށް 300ރ.އަށް ލިބޭ ޕެކެކެވެ.
މި ޕެކް މެދުވެރިކޮށް އާއިލާ އާއި ރަހުމަތްތެރިންނަށް ނުވަތަ ގިނަ ޑިވައިސްތަކަށް ފަސޭހައިން ޑޭޓާ ޝެއާ ކުރެވޭނެ އެވެ.
ރޯދަ މަހު ރާއްޖެއިން ބޭރުގައި ތިބި ރައްޓެހިންނާއި އާއިލާއާ ގުޅުން ބަދަހިކުރުމުގެ މުހިއްމުކަން ފާހަގަކޮށް އުރީދޫން ވަނީ ބޯޑަލެސް ޕާސް ތައާރަފްކޮށްފަ އެވެ.
ހޮވާލެވޭ ގައުމުތަކަށް 30 އައިޑީޑީ މިނެޓާއި 2ޖީބީ އައިއެމްއޯ ޑޭޓާ ލިބޭނެ އެވެ. އެއީ:
ބަންގްލަދޭޝް 
އިންޑިއާ 
ނޭޕާލް
ފިލިޕީންސް
ސްރީ ލަންކާ
ޕްރީޕެއިޑް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް، 3 ދުވަހުގެ މުއްދަތަށް 45ރ.އަށް މި ޕާސް ލިބޭނެ އެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން އުރީދޫން ހިލޭ ނަމާދު އެލާޓްގެ ހިދުމަތް މި އަހަރު ވެސް ފޯރުކޮށްދޭނެ އެވެ. އެގޮތުން، ކޮންމެ ނަމާދެއްގެ 15 މިނެޓު ކުރިން އެސްއެމްއެސް ނޮޓިފިކޭޝަން ލިބުމަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.
ރޯދަ މަހާ ދިމާކޮށް އުރީދޫ ފިންޓެކްގެ ޑިޖިޓަލް ވޮލެޓް. އެމް-ފައިސާ މެދުވެރިކޮށް ދީލަތިކަމުގެ ރޫހު ޕްރޮމޯޓް ކުރެވޭނެ އެވެ.
އެގޮތުން، ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ. ރޯދަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ހެނދުނު 6އާ ހަމައަށް މި ހިދުމަތް ބޭނުންކުރެވޭނެ އެވެ.
މީގެ އިތުރުން، ރޯދަ ވީއްލުން ޕެކް އެމް-ފައިސާ މެދުވެރިކޮށް މާލެ ސަރަހައްދުގެ މިސްކިތްތަކަށް ހަދިޔާ ކުރެވޭނެ އެވެ.
އެމް ފައިސާ ޑޮނޭޝަން ހަބް މެދުވެރިކޮށް އެކި ޖަމިއްޔަތަކަށް ފައިސާގެ އެހީ ވެސް ފޯރުކޮށްދެވޭނެ އެވެ. އެ ޖަމިއްޔާތަކަކީ:
ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް
ފިޔަވަތި
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ