މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ފަށައިފި

މާލެ ސިޓީގެ މާފަންނު ސަހަރާ ހުސްކުރުމުގެ އަމަލީ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
އަސްލު ޓީވީއަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ 2 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މި މަސައްކަތަށް މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އިއުލާނު ކުރެވިފައިވާކަން ކައުންސިލުން ފާހަގަ ކުރެއެވެ.
ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މާފަންނު ސަހަރާ ސާފުކޮށް އެތަން ހުސްކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވާކަމަށް އޯގަސްޓުމަހު އިއުލާނު ކުރެވިފައިވާއިރު އެ އިއުލާނުގައިވާގޮތުން އެ ސަހަރާއިން ހުސްކުރަނީ 36،153 އަކަފޫޓުގެ ޖާގައެކެވެ.
ސަހަރާ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން ވެލިގަނޑު 2.4 މީޓަރު ފުންމިނަށް ކޮނެ ފުރޭނުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ. އަދި އެ ވެލި ހުޅުމާލެ ސަހަރާއަށް ގެންދިއުމާއި މާފަންނު ސަހަރާގެ މަގުމަތީ ފާރު ނެގުމަށް ވަނީ ހަމަޖެހިފައެވެ. ސަހަރާގައި ހުރި ގަސްތައް ނަގައި ކައުންސިލުން ދައްކާ ތަނެއްގައި މި މަސައްކަތުގެ ތެރެއިން އަލުން އިންދަންވެސް ވަނީ ހަމަޖެހިފައެވެ.
މާފަންނު ސަހަރާއަކީ މީހުން ވަޅުނުލާތާ ގިނަ ދުވަސްތަކެއް ވެފައިވާ ސަހަރާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ