ރާއްޖެ-ލަންކާ އެކުގައި މަަސައްކަތް ކުރާނެ، ގުޅުން އިތުރަށް ބަދަހި ވާނެ

ހައިރާން ކުރަނިވި ނަތީޖާއެއްް ހޯއްދަވާ ވެރިކަމުގެ ދައުރު މިއަދު ފެއްޓެވި ޑިސަނަޔަކަށް ކާމިޔާބަށް އެދިވަޑައިގެން ރައީސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.
ސަރަހައްދީ ކަންކަމުގައި އެއްބާރުލުންދީ ގުޅިގެން މަަސައްކަތް ކުރުމުގައި ރާއްޖެއާއެކު ލަަންކާ ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ދެއްވައިފި އެވެ.
ޑިސަނަޔަކެ މިފަދައިން ވިދާޅުވީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާއާ ތަހުނިޔާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓް ރިޕޯސްޓް ކުރައްވަވާ ކުރެއްވި ޕޯސްޓެއްގަ އެވެ. ލަންކާގެ ރައްޔިތުން ގެނައި ބޮޑު ބަދަލާއެކު ހައިރާން ކުރަނިވި ނަތީޖާއެއްް ހޯއްދަވާ ވެރިކަމުގެ ދައުރު މިއަދު ފެއްޓެވި ޑިސަނަޔަކަށް ކާމިޔާބަށް އެދިވަޑައިގެން ރައީސް މުއިއްޒު ވަނީ ރާއްޖެ-ލަަންކާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ އެ އުންމީދުގައި ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.ޑިސަނަޔަކެ އަށް މަރުހަބާ ވިދާޅުވި ލީޑަރުންގެ މެސެޖުތަކުގެ ތެރެއިން ދެވަނައަށް އެމަނިކުފާނު ޖަވާބު ދެއްވެވީ ރައީސް މުއިއްޒުގެ ޕޯސްޓަށެވެ. ރައީސް މުއިއްޒު ފޮނުއްވެވި ހެޔޮއެދުންތަކަށް ޝުކުރު އަދާކުރައްވާ ލަންކާގެ ރައީސް ވަނީ ސަރަހައްދީ ކަންކަމުގައި އެއްބާރުލުންދީ ގުޅިގެން މަަސައްކަތް ކުރުމުގައި ރާއްޖެއާއެކު ލަަންކާ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވާނެ ކަމަށާ އެ އެ މަސައްކަތަށް އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށެވެ.ކުރީންް އޮތް ރިޔާސީ އިންތިހާބު ގައި ރައްޔިތުންގެ އެންމެ ތިން އިންސައްތަ ވޯޓް ކިރިޔާ ލިބިވަޑައިގެން ޑިސަނަޔަކެ މި ފަހަރު ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ވިދާޅުވީ މި ކާމިޔާބަކީ އެންމެ މީހެއްގެ މަސައްކަތުގެ ނަތީޖާ ނޫން ކަމަށެވެ. އެއީ ލަންކާގެ އެތައް ހާސް ރައްޔިތުންނެއްގެ އެކުވި މަސައްކަތުން ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި މިހިސާބަށް އާދެވުނީ އެއްގޮތެއްގައި ރައްޔިތުން ތިބުމުން ކަން ފާހަގަ ކުރައްވާ އެކަމަށް ނުހުނު ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޑިސަނަޔަކެ ފާހަގަކުރެއްވީ މި ނަސްރަކީ ލަންކާގެ ހުރިހާ ރައްޔިތުންގެ ކާމިޔާބެއް ކަމެވެ.  މިހިސާބަށް އައުމަށް ލަންކާ ރައްޔިތުން ކުރި ދަތުރަކީ ދަލާއި، ކަރުނައާއި ފުރާނައިން އެތައް ބަޔަކު ގުރުބާންވެގެން ކުރި ދަތުރެއް ކަމުގައި ފާހަގަަކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެ ފަރާތްތަކުގެ ގުރުބާނީ ހަނދަން ނުނެތޭ ކަމަށެވެ. އަދި މިއަދުގެ ލަންކާގެ ޖީލުތަކުން އެ އެންމެންގެ އުންމީދުތަކާއި ގުރުބާނީ އުފުލަނީ އެ ގުރުބާނީއާއެކު ކޮނޑުގައި އެޅޭ ޒިންމާ ރަނގަޅަށް ދަނެތިބެ ކަމަށް ވެސް ޑިސަނަޔަކެ ވިދާޅުވި އެވެ.އުންމީދާއި އެދުންތަކުން ފުރިފައިވާ ލޯތައް ލަންކާގެ ލީޑަރުން ކުރިއަށް އެކުއެކީގައި ކޮއްޕަނީ ލަންކާގެ ތާރީހު ބަދަލުކޮށްލުމަށް ކަމުގައިވެސް ވިދާޅުވި އެވެ. އަދި ލަންކާގެ ތާރީހު ބަދަލުކޮށްލުމުގެ ހުވަފެން ހަގީގަތަކަށް ހެދޭނީ އައު ފެށުމަކުންކަން ފާހަގަކުރައްވައި ސިންހަޅައިންނާއި ތަމަޅައިން، މުސްލިމުންނާއި ބުދިސްޓުންގެ އެއްބައިވަންތަކަމަކީ ލަންކާގެ އައު ފެށުމުގެ ބިންގާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އަލުން ބިނާކުރުމަށް އެދޭ އެދުން އުފަންވާނީ އެ ބާރާއި ތަސައްވުރުގެ ތެރެއިން ކަމަށް ޑިސަނަޔަކެ ވިދާޅުވެފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ